ކަރަންޓް ކެނޑިފައިވާ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އަދި މައްސަލަ ދެނެގަނެ ވީއެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަދި ވީއެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް ދިނުމަތް މަސައްކަތްކުރާކަމަށް އެކުންފުނިން ބުނެއެވެ.
ބައެއް ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ