ސިނާއީ ރަށެއްގެ ގޮތުގައި އޮތް ކ. ތިލަފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެެމްގެ ހިދުމަތް ފަށައިފި އެވެ.
އެތަނުގައި އެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އެއް އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަމުން ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ފެށިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުކުރެެއްވުމުގައި، އެފަރާތްތަކުން ހުށަހެޅި އެންމެ މުހިންމު އެއް ކަމަކީ ވެސް ތިލަފުށީގައި އޭޓީއެމްގެ ޚިދުމަތް ނެތުން ކަމަށެވެ. އެހެންވެ އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ އެތައް ޒަމާނެއް ވަންދެން ވިޔަފާރިވެރިން އެދެމުން ދިޔަ ކަމަކަށް އެދެވޭ ހައްލެއް ލިބިގެން ދިޔަ ކަމެއް ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލުން ބުނީ ތިލަފުށިގެ އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. ބީއެމްއެލްއިން ވިދާޅުވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ގައުމީ ބޭންކުން މިހާރު އަންނަނީ އޭޓީއެމްގެ ހިދުމަތް ދެމުންނެވެ.
ތިލަފުއްޓަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ