ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ކަނޑައަޅަން އޮންނަ ޕްރައިމަރީއަށް ކުރިމަތިލާން ރޭ ހުޅުވާލައިފި އެވެ.
ވީކިހިނެއް؟ - މަޖިލީހުގެ އެ ގޮނޑި ހުސްވީ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރުމުންނެވެ. އެގޮތުން:
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ސީނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ހުށަހެޅީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއް ގޮތަށް އޭނާ ދަރަނި ދައްކަމުން ގޮސްފައިނުވާ ކަމަށް ބުނެ
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި ދުވަހު ސިނާން ދަރަނި ދައްކައި ހަލާސްކުރި ނަމަވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވަނީ ހަ މަސް ތެރޭ ކޮންމެ މަހަކަށް ޖެހޭ އަދަދަށްވުރެ ދަށް ނޫން އަދަދެއް ދައްކަން؛ އެހެންވެ ސުޕްރީމް ކޯޓުން ނިންމީ ސިނާންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް
ތަފްސީލް - ޕީއެންސީން ރޭ ކުރި އިއުލާނެއްގައި ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ މެންބަރުންނަށް އެ ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޕީއެންސީން ބުނި ގޮތުގައި، ޓިކެޓު ދޭނެ ބޭފުޅަކު ކަނޑައަޅާނީ އެތެރޭގެ ޕްރައިމަރީއަކުންނެވެ. ނަމަވެސް ޕްރައިމަރީ ބާއްވާނީ ޕާޓީގެ އެތެރޭގައި އޮންނަ އިންތިހާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ އެއްފަރާތަށް ވުރެ ގިނަ ފަރާތްތައް ހިމެނޭ ނަމަ ކަމަށް ޕީއެންސީން ބުންޏެވެ.
މީގެ އިތުރުން:
ޕީއެންސީގެ ޕްރައިމަރީ ބާއްވަން ޖެހޭ ނަމަ ޕްރައިިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޭޕްރީލްގެ ހެނދުނު 8 ޖަހާއިރުން ފެށިގެން ހަވީރު 4 ޖަހަންދެން
ޓިކެޓަށް އެދި ހުށަހެޅޭނީ މިދިޔަ ހޯމަ ދުވަހާ ހަމައަށް ޕީއެންސީގެ މެންބަރަކަށް ވުމަށް އެދިފައިވާ ފަރާތްތަކަށް އެކަނި
ފާހަގަކޮށްލެވޭ - އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ މި ބައި-އިލެކްޝަން އަންނަ 6 ޖޫންގައި ބޭއްވުމަށެވެ. އަދި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހެނދުނު 10 އިން ފެށިގެން މި މަހުގެ 29ގެ ހަވީރު 3 ޖެހުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ގޮނޑިއަށް ކުރިމަތިލާން އިދިކޮޅު އެމްޑީޕީން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އައްޑޫގެ މޭޔަރުކަން 10 އަހަރު ދުވަހު ކުރައްވާފައިވާ އަހުމަދު ސޯދިގު (ސޯބެ) އެކަންޏެވެ.
ސޯދިގަށް ތާއީދު އޮތްކަން އެމްޑީޕީގެ ގިނަ ލީޑަރުން ވެސް ވަނީ ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެންމެ ވާދަވެރި ދެ ލީޑަރުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި މިދިޔަ ތިން ދައުރު ހިތަދޫ އުތުރު ގޮނޑި ފުރުއްވި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވެސް ސޯދިގަށް ތާއީދުކުރައްވާ ކަަމަށް ވަނީ ވިދާޅުވެފަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޓިކެޓަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ