އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ބަންދުކޮށްފި
އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު (ޔޫޕީއެޗްސީ) ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.އައިޖީއެމްއެޗުން ބުނި ގޮތުގައި އެ ސެންޓަރު ބަންދުކުރީ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށެވެ.ޔޫޕީއެޗްސީ މިއަދު މެންދުރުފަހު 2:00 އިން ބުދަ ދުވަހުގެ ނިޔަލަށް ބަންދުވާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ. އެ ސެންޓަރުން ދެމުންދިޔަ ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މި މުއްދަތުގައި އައިޖީއެމްއެޗް ޖެނެރަލް އޯޕީޑީއަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި ވެކްސިން ޖެހުމުގެ ހިދުމަތް ދަމަނަވެށިން ލިބޭނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ