ސަރުކާރުން މަޝްވަރާގެ މޭޒުދޮށަށް އަންނަންދެން އިދިކޮޅު އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް 12 ޑިމާންޑެއްކޮށް އެމްޑީޕީން އަންނަނީ ސިލްސިލާ ގޮތެއްގައި ކޮންމެ ރެޔަކު އިހުތިޖާޖުތައް ބާއްވަމުންނެވެ.
އެގޮތުން ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ ނާޒުކު ފައްތަރެއްގައި ކަމަށާއި މި ހާލަތުން އަރައިގަތުމަކީ ސަރުކާރުގެ އިތުރުން ހުރިހާ ރައްޔިތުންނަށް ވެސް އޮތް ވާޖިބެއް ކަމަށެވެ.
ރާއްޖޭގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެހެންކަމުން މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެން މަޝްވަރާ ފެއްޓެވުމަށް ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ،
"މި ރާއްޖެ ދޫކޮށްލެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް ލިބެންވާ ހައްގުތައް ވެސް، އަދި އެ ރައްޔިތުންނަށް ލިބެންވާ ތަނަވަސްކަން ވެސް، ހިތްހަމަޖެހުން ވެސް ހޯދައިދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ، ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތްކުރުމުގައި މަގުމަތީގައި ދެމިތިބޭނަން. ރާއްޖޭގެ ރަށްރަށަށް ވެސް އަޅުގަނޑުމެން ދާނަން،" ނަޝީދު ވިދާޅުވި އެވެ.
މިއީ އަލުން އެމްޑީޕީއާ ގުޅި ވަޑައިގަތުުމަށް ފަހު އެ ޕާޓީން ބޭއްވި އިހުތިޖާޖަކުން ނަޝީދު ފެނިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި އިހުތިޖާޖުގައި ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއިރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ނަޝީދު ވަނީ ނިންމަވާފަ އެވެ.
ސަރުކާރުން މަޝްވަރާއަށް އާދޭ، ނޫނީ މަގުމަތީގައި ތިބޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ