ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމް ކ.އަދި ވ. އަތޮޅުގައި ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ.އަދި ވ.އަތޮޅުގައި ފަށައިފި އެވެ.
މިރަސްމިއްޔާތު ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޤީލާ އަލީ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވަނީ މި ޕްރޮގްރާމް ކާމިޔާބާއެކު ކުރިއަށްގެންދިއުމަށް އެންމެ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް 13 އަތޮޅެއްގައި މިހާރު ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމުގައި އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މަޢުލޫމާތު ރިކޯޑް ކުރެވޭނެއެވެ.
އަދި ސިއްޚީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްޚީ މަޢުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ