ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަކީ 1655
ސަރުކާރުން ތައާރަފް ކުރުމަށް ނިންމާފައިވާ ޓެކްސީލައިން "މާލެ ޓެކްސީ"އަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފި އެވެ.އެމްޓީސީސީއާ ހަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީ އަށް އެދޭ ގޮތަށެވެ. އެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.އެމްޓީސީސީން މިއަދު ވަނީ ސަރުކާރުގެ ޓެކްސީ ލައިނަށް ގުޅުމަށް ނަމްބަރެއް ތައާރަފް ކޮށްފަ އެވެ. އެއީ 1655 އެވެ.ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވީ ނަމަވެސް، އެކި ކަހަލަ ޝަކުވާތައް އޮންނަ ކަމަށެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮންނަ ކަމަށެެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ވެސް ދަނީ ދެމުންނެވެ.ސަރުކާރުގެ ޓެކްސީލައިން ހިދުމަތުގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދިނުމެވެ.ރައީސް އޮފީހުގައި މި މަހުގެ ކުރީކޮޅު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރޯދަ މަސް ނިމެންވާއިރަށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކި ސަބަބުތައް ދިމާވެގެން އެ ހިދުމަތް އަދި ނުފެށެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ