ކުޑަކުއްޖަކު ލައްވާ މަސްތުވާތަކެތި އުފުލި ދެ މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކު ލައްވާ އެއް ތަނުން އަނެއްތަނަށް މަސްތުވާތަކެތި އުފުލައި، ކުށްކުރުވުމަށް އެ ކުއްޖާގެ ނާޖާއިޒް ބޭނުން ހިފިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުހުން ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ:
ހަސަން ނުއާޒު، 28، މ. ނާޒްލީމަންޒިލް
އަހުމަދު ނައީމް، 39، ވ. ސެޓެލައިޓް
ފުލުހުން ބުނިގޮތުގައި އެމީހުން ކުށަށް އަރައިގަތުމަށް ބޭނުންކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.
ފުލުސް އޮފީހުން ބުނީ:
ކުޑަކުދިން 'ގްރޫމް'ކޮށްގެންނާއި އެ ކުދިންގެ މަޖުބޫރުކަމުގެ ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރާ މީހުންނާ މެދު ފުލުހުން ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅު އަޅާ ކަމަށް
އަދި އެ ފަދަ އަމަލުތައް ހިންގާ މީހުން ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ