ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީ.އައި.އޭ) ޑޮމެސްޓިކް އޮޕަރޭޝަންސްތައް، ޓަރމިނަލް 2 (ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް) އަށް ބަދަލުކުރުމާ ގުޅިގެން، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
އެގޮތުން ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި:
ޑޮމެސްޓިކް ޓަމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް ދެން މަޑުކުރަންޖެހޭނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލް (ޓަރމިނަލް 2) ސަރަހައްދަށެވެ.
މި ބަދަލާއެކު، ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގެ ގޮތުގައި ބޭނުންކުރަމުން އައި ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާ ކަމެކެވެ.
ޑޮމެސްޓިކް ޓަރމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރަންޖެހޭނީ ޓަރމިނަލް 1 ގައި ގާއިމުކޮށްފައިވާ ޓެކްސީ ކިއުއެވެ.
ބަހުގެ ޚިދުމަތް: މި ބަދަލުތަކާ ގުޅިގެން އެއަރޕޯޓުގެ ބަސް ރޫޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމް.އޭ.ސީ.އެލް އިން މަޢުލޫމާތު ދެއެވެ.
އެއަރޕޯޓުގެ ޚިދުމަތް ހޯއްދަވާ ހުރިހާ ފަރާތްތަކުންނާއި، ޚާއްޞަކޮށް ޑްރައިވަރުން، މި ގެނެވުނު ބަދަލުތަކަށް ސަމާލުކަން ދެއްވުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.
ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބޮޑު ބަދަލެއް؛ ދެން ޓެކްސީއަށް އެރޭނީ އާ ޓާމިނަލްގެ ކިއު އިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ