ބާސެލޯނާ (ފެބްރުއަރީ 7) - ސްޕެނިޝް ލީގުގައި މިރޭ މަޔޯކާ އަތުން 3-0 އިން މޮޅުވެ، ބާސެލޯނާ އިން އެއް ވަަނައިގައި ލީޑު ދަމަހައްޓައިފި އެވެ.
ބާސެލޯނާ އިން ލީގުގެ އެއް ވަަނައިގައި އޮތީ 23 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް މި ވަގުތު 22 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ވެެލެންސިއާ ދަނޑުގައި އެ ޓީމާ ދެކޮޅަށް ރެއާލުން ނުކުންނާނެ އެވެ.
އަމިއްލަ ދަނޑުގައި މިރޭގެ މެޗަށް ނުކުތް ބާސެލޯނާ އިން ވަނީ ބައިގަނޑިއިރު ތެރޭގައި ގޯލެއް ޖަހައި ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 29 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދިން ލަނޑު ޖެހީ ތަޖުރިބާކާރު ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ، ޑެނީ އޮލްމޯ ދިން ބޯޅައަކުން އޭރިއާތެރެއިން ގޯލުގެ ތިރީ ކަަނަށް ބޯޅަ ފޮނުވާލައިގެން ލެވަންޑޯސްކީ ޖެހި ގޯލެކެެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ބާސެލޯނާ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ލަމީން ޔަމާލް ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. އެކަމަކު، މެޗުގެ 61 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބޯޅަ އަކުން ޔަމާލް ވަނީ ގޯލެއް ޖަހައި، ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިދިނީ 83 ވަނަ މިނިޓްގައި މާކް ބެނިއާލް އެވެ. މިއީ، ފާމިން ލޮޕޭޒް ދިން ބޯޅައަކުން ބެނިއާލް ކާމިޔާބުކުރި ލަނޑެކެވެ. މި މެޗުގައި މަޔޯކާ އިން ލަނޑެއް ޖެހޭތޯ ކުރި އެޓޭކްތައް ހުއްޓުވުމުގައި ބާސެލޯނާގެ ކީޕަރު، ޖޮއާން ގާސިއާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ