މިދިޔަ މަހު 100އަށް ވުރެ ގިނަ ވަރި، ގިނައިން ހުރީ ވެސް ވަރީގެ މައްސަލަތައް
މިދިޔަ ނޮވެމްބަރު މަހު 100އަށް ވުރެ ގިނަ މީހުންގެ ވަރި ކޮށްދިން އިރު، އެ މަހު އެންމެ ގިނައިން ނިންމީ ވަރިއާ ގުޅުންހުރި މައްސަލަތައް ކަމަށް، ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިއްޔެ ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު ކޯޓުން 169 ކައިވެންޏެއް ކޮށްދިންއިރު، 108 ވަރި ކޮށްދީފައިވެއެވެ. https://x.com/FamilyCourtMv/status/2005168550378700844 ފެމިލީ ކޯޓުން ވަނީ މިދިޔަ މަހު ވަރީގެ 153 މައްސަލައެއް ބަލައި ނިންމައިފައެވެ. އެއީ ވަރިވުމަށް އެދި ހުށަހެޅި 59 މައްސަލައަކާއި ވަރިކުރުމަށް އެދި ހުށަހެޅި 37 މައްސަލައަކާއި ވަރި ސާބިތުކޮށްދިނުމަށް ހުށަހެޅި 55 މައްސަލައެއްގެ އިތުރުން ވަރިއާމެދު ޝައްކުވެގެން ހުށަހެޅި ދެ މައްސަލައެކެވެ. https://x.com/FamilyCourtMv/status/2005167880791548232 މިދިޔަ މަހު ވަރިއާ ގުޅޭ 132 މައްސަލައެއް ހުށަހެޅިއިރު، އޮކްޓޯބަރު މަހު ވަރީގެ 207 މައްސަލައެއް ބާކީވެފައިވެއެވެ. އެ ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 209 މައްސަލައެއް މިދިޔަ މަހު ބަލައި ނިންމިއިރު، އޭގެން ބޮޑު ބައެއް ހިއްސާކުރަނީ ވަރީގެ މައްސަލަތަކެވެ. އެގޮތުން ވަރީގެ 153 މައްސަލަ ނިންމިކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ އެ ކޯޓުން ނިންމި މައްސަލަތަކުގެ 73.2 ޕަސެންޓެވެ. https://x.com/FamilyCourtMv/status/2005167632530673925 ވަރީގެ މައްސަލަތަކުގެ އިތުރުން، ކުދިންނާ ގުޅުންހުރި 12 މައްސަލައަކާއި، ޚަރަދު ނުދިނުމުގެ 17 މައްސަލައަކާއި، ގެވެށި އަނިޔާގެ ހަ މައްސަލައަކާއި، އާއިލީ އެހެނިހެން 21 މައްސަލައެއް ވަނީ މިދިޔަ މަހު ބަލައި ނިންމައިފައެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު ނިންމި މައްސަލަތަކަށްވުރެ އޮކްޓޯބަރު މަހު ބާކީވި މައްސަލަތަކާއި ނުނިމިހުރި މައްސަލަތައް ގިނައެވެ. އެގޮތުން އޮކްޓޯބަރު މަހު 339 މައްސަލައެއް ބާކީވިއިރު، މިދިޔަ މަހު ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން 315 މައްސަލައެއް އޮތީ ނުނިމިއެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ތެރެއިން ވަރި އެންމެ ގިނައީ ރާއްޖޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ