ވެމްކޯއިން ގަވާއިދުން މުސާރަ ނުދޭ، ބައެއް މުވައްޒަފުންނަށް މުސާރަ ދެނީ ލަހުން!
ކުނި އުކާލުމުގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ލިބުން ލަސްވާ މައްސަލަ ފެންމަތިވެއްޖެއެވެ. 'އެކްސް'ގައި "ނިޝާނާ މޫސާ"ގެ ނަމުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ހިނގާ މާރިޗު މަހުގެ ދިހަވަނަ ދުވަސް އައިއިރުވެސް، ވެމްކޯގެ ގިނަ މުވައްޒަފުންނަށް މަހު މުސާރަ އަދި ނުލިބޭ ކަމަށެވެ. https://x.com/nishana19180/status/2030924826245014015?s=20 ވެމްކޯގެ މުވައްޒަފަކު 'ސަން'އަށް މިއަދު ބުނީ، މުވައްޒަފުންނަށް މުސާރަ ނުލިބި ލަސްވާތާ ތިން މަސް ދުވަސްވެއްޖެ ކަމަށާއި އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ލިބެނީ ލަހުން ކަމަށެވެ. ނަމަވެސް، ބައެއް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު މުސާރަ ލިބިއްޖެ ކަމަށް ވެސް އެ މުވައްޒަފު ބުންޏެވެ. https://sun.mv/216648 ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުން މިދިޔަ ޖަނަވަރީ މަހު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ވެމްކޯ ހިމެނޭހެން ސަރުކާރުގެ ތިން ކުންފުންޏަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދައްކާތާ ވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ ކަމާ ގުޅިގެން ވެމްކޯއިން އޭރު ބުނީ، ޕެންޝަނަށްވާ ފައިސާ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް، އެ ފައިސާ ފަންޑަށް ޖަމާނުވަނީ، އެ ކުންފުނީގެ އިންވޮއިސްތަކަށް ލިބެން ޖެހޭ ފައިސާތައް ނުލިބޭތީ މާލީ ގޮތުން ދަތިވުމުން ކަމަށެވެ. ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކީ، އޮކްޓޫބަރު 2024 ގައެވެ. އޭގެ ފަހުން އެ ކުންފުނިން ޕެންޝަން ފަންޑަށް ފައިސާ ދައްކާފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ