ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓްލް ސްޕޮންސަޝިޕްގެ ދަށުން ހުށަހަޅައިދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި އެވޯޑަށް ނޮމިނޭޝަން ހުށަހެޅުމުގެ ފުރުސަތު އެއް މަހަށް، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރިސޯޓުތަކަށް ވަނީ ހުޅުވާލާފަ އެވެ.
ތަފްސީލް - މި އަހަރުގެ އެވޯޑުގައި ޓީމުތަކަށް ހާއްސަ އާ އަށް ކެޓަގަރީއެއް ވެސް ހިމެނެ އެވެ. އެއީ:
ސޭލްސް އެންޑް މާކެޓިން ޓީމް އޮފް ދަ އިޔާ
ރޫމްސް ޑިވިޝަން ޓީމް އޮފް ދަ އިޔާ
އެޗުއާރު އެންޑް ޓްރެއިނިން ޓީމް އޮފް ދަ އިޔާ
އިންޖިނިއަރިން ޓީމް އޮފް ދަ އިޔާ
ފައިނޭންސް ޓީމް އޮފް ދަ އިޔާ
އެފް އެންޑް ބީ އެންޑް ކަލިނަރީ ޓީމް އޮފް ދަ އިޔާ
ވެލްނަސް ޓީމް އޮފް ދަ އިޔާ
ސަޕޯޓް ޓީމް އޮފް ދަ އިޔާ
މި އާ ކެޓަގަރީތަކަކީ މިހާރު ވެސް ދެމުން އަންނަ އިންޑިވިޖުއަލް އެވޯޑްތަކަށް އިތުރުވި ބައެކެވެ. އޭގެ ތެރޭގައި ޔަންގް ހޮޓެލިއާ، ޝެފް އޮފް ދަ އިޔާ ފަދަ އެވޯޑްތައް ހިމެނެ އެވެ.
ފާހަގަކޮށްލެވޭ - 2024 ވަނަ އަހަރު ފެށި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ އަގުވަޒަންކުރުމަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ އެވޯޑެވެ.
މިއީ ރިސޯޓުތަކުގެ ކާމިޔާބީގެ ފަހަތުގައި ތިބި ވަކިވަކި ފަރުދުންނާއި ޓީމުތަކުގެ ހުނަރާއި މަސައްކަތްތެރިކަން ބަލައިގަތުމަށް އުފެއްދި ޕްލެޓްފޯމެކެވެ. މިހާރު މި އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އިސް ސަފުގެ މުވައްޒަފުންނާއި ފަރުދާގެ ފަހަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރާ މުހިންމު ހަރަކާތެކެވެ.
އެންމެ ފަހުން މިދިޔަ އަހަރު ބާސެލޯ ނަސަންދުރަ މާލޭ ހޮޓަލުގައި ބޭއްވި އެވޯޑަށް 450އަށް ވުރެ ގިނަ ނޮމިނޭޝަން ލިބުނުއިރު، އާންމުންގެ 600،000އަށް ވުރެ ގިނަ ވޯޓު ލިބުނެވެ.
އެވޯޑް ދޭނެ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ ޕެނަލަކުން ދޭ %60 މާކްސް އާއި އާންމުންގެ ވޯޓުން ލިބޭ %40 މާކްސް އެއްކޮށްލައިގެންނެވެ.
މިދިޔަ އަހަރު 23 އިންޑިވިޖުއަލް ކެޓަގަރީއަކުންނާއި ޓީމު އަދި ހާއްސަ ހަތަރު ކެޓަގަރީއަކުން އެވޯޑް ދިނެވެ. އޭގެ ތެރޭގައި ޖެނެރަލް މެނޭޖްމަންޓް، ފްރަންޓް އޮފީސް، ކަލިނަރީ، ވެލްނަސް، ސަސްޓެއިނަބިލިޓީ އަދި ސީއެސްއާރު ފަދަ ދާއިރާތައް ހިމެނެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމަށް ވެސް ހާއްސަ އެވޯޑެއް ދިނެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2026އަށް ކުރިމަތިލާން ހުޅުވާލައިފި؛ ޓީމުތަކަށް ހާއްސަ އާ 8 ކެޓަގަރީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ