މި އަހަރު ދިވެހިން އެދޭ އަމާޒަށް ގައުމު ގެންދަން ކުރިއެރުން ހޯދޭނެ: މުއިއްޒު މި އަހަރު ދިވެހިން އެދޭ އަމާޒަށް ގައުމު ގެންދަން ކުރިއެރުން ހޯދޭނެ: މުއިއްޒު

މި އަހަރު ވެގެންދާނީ ދިވެހިން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމަށް އިތުރު ކުރިއެރުން ހޯދޭނެ އަހަރަކަށް ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އައު އަހަރުގެ މުނާސަބަތުގައި މުއިއްޒު ނެރުއްވި ހިތާބުގައި ވިދާޅުވީ މި އަހަރު ދިވެހިން އެދޭ އަމާޒަށް މި އަހަރު ގައުމު ގެންދިޔުމަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ވެސް ހޯދޭނެ ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ތިމާ އުފަންވި ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އައުކުރުމުގެ ވަގުތެއް ކަމަށެވެ.
"ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއްވެސް ބިނާކޮށްދިނުން. ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ އިސްލާމްވިތާ މި އަހަރުގެ ތެރޭގައި 900 އަހަރު ފުރޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ މި އަހަރަކީ މި ޖީލުގެ ދިވެހިންނާ ބައްދަލުކުރާނެ އެންމެ ހައިބަތުހުރި އެއް ތާރީހަށް ކަމަށެވެ.
އައު އަހަރާ ދިމާކޮށް މުއިއްޒު އަނެއްކާވެސް އުންމީދީ ވާހަކަތަކެއް ދެއްކެވި ނަމަވެސް، މިދިޔަ ދެ އަހަރު ގައުމަށް އެއްވެސް ކުރިއެރުންތަކެއް އައިސްފައިނުވާތީ އަދި ވައުދުވި ކަންތައްތައް ނުފުއްދި ދިގުލައިގެންދާތީ ގިނަބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ