ފުވައްމުލައް ކައިރިން ދަތުރުކުރަނިކޮށް ދިޔަވަމުންދިޔަ ހަވާސް ބޯޓު ސަލާމަތުން ފުވައްމުލައްސިޓީ ބަނދަރަށް ވައްދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ހަވާސްބޯޓު ދިޔަވާން ދިމާވި ސަބަބަކީ އެ ބޯޓަށް ރާޅެއް ޖެހުމުންނެވެ. ފުލުހުން ބުނީ ހަވާސްބޯޓަށް ރާލެއް ޖަހައި ދިޔަވަމުން ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:21 އެހާކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމުން ފުލުހުންނާއި އެމްއެންޑީއެފުން އެ ހިސާބަށް ދަތުރުކޮށް ބޯޓު ސަލާމަތްކުރުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ބޯޓު ފުވައްމުލައް ބަނދަރަށްގެނެސް މުދާތައް ބޭލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ދިޔަވާން ދިމާވި ސަބަބަކީ ޖެހި ރާޅުން ބޯޓަށް ވައްދާލި ލޮނުގަނޑު ޕަމްޕް ބޭނުންކޮށްގެން ބޭރުކުރެވޭގޮތް ނުވުމުންނެވެ.
ދިޔަވަމުންދިޔަ ހަވާސްބޯޓު ފުވައްމުލައް ސިޓީ ބަނދަރަށް ވައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ