ހުޅުމާލޭ 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓް ބޭނުން ކުރަން ފަށައިފި
ފަސްހާސް ޓަނުގެ ފެން އުފައްދާ ދެވަނަ އާރްއޯ ޕްލާންޓު ހުޅުމާލޭގައި މިއަދު ބޭނުން ކުރަން ފަށައިފި އެވެ.ހުޅުމާލޭގައި ބޭނުން ކުރަން ފެށި 5000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓު ބޭނުން ކުރަން ފެށުމާއެކު މާލެއާއި ހުޅުމާލެގެ ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހަރުދަނާވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި ރަމަޟާން މަހަކީ ފެނުގެ ޑިމާންޑް ބޮޑު މައްސަރަކަށްވުމުން އެ ޕްލާންޓާއެކު ޑިމާންޑާ އެއްވަރަށް ފެންފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.ފާހަގަކުރެވޭ ގޮތުގައި، މިއީ ހުޅުމާލޭގައި އެމްޑަބްލިއުއެސްސީން ބެހެއްޓި 5،000ޓަނުގެ ފެން އުފައްދާ ދެވަނަ ފެން ޕްލާންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ