ލިފްޓު ތެރޭ ހުންނައިރު ރައްކާތެރިކަން
އިހުސާސްކުރެވުމަކީ ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ. ލިފްޓަށް އަރާއިރު ބޭނުންވާނީ
ލިފްޓުގައި ތާށިވެދާނެތީ ހިތަށް އެ ވަންނަ ބިރުވެރިކަމުން
ރައްކާތެރިކަން ލިބުމަށެވެ. ލިފްޓު ބޭނުންކުރާ މީހުން ބޭނުންވާނެ ހުރިހާ ފަސޭހަ ފީޗާސްތަކެއް ހިމެނޭ ބްރޭންޑަކީ 'ކޯނޭ' އެވެ.
އެސްޓީއޯ އަކީ 2017 ވަނަ އަހަރުން
ފެށިގެން މި ބްރޭންޑުގެ ލިފްޓުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ވާޓިކަލް ޓްރާންސްޕޯޓުގެ
ވިޔަފާރީގައި ކޯނޭ އަކީ އެއްވަނަ އެވެ. އެ ވިޔަފާރިއަށް އާ ކަންތައް ގެނެސް ކަސްޓަމަރުންނަށް
އެންމެ ބޭނުންވާނެ ޓެކްނޮލަޖީ އާއި ފީޗާސް އެ ކުންފުނީގެ އުފެއްދުންތަކުގައި
ހިމަނައެވެ.
ކޯނޭ ލިފްޓު މާކެޓުގައި މަގުބޫލީ އެއަށް
އޮންނަ އިތުބާރުގެ ސަބަބުންނެވެ. ކޮލެޓީއާ އެކު ޕާފޯމަންސް ރިލަޔަބިލިޓީ އަކީ ކަސްޓަމަރުން ކޯނޭ ލިފްޓު ހިޔާރު ކުރާ މައިގަނޑު ސަބަބެވެ.
ކޯނޭ ލިފްޓުގެ އެންމެ ފާހަގަ ކުރެވޭ ކަމަކީ، ކަސްޓަމަރު އަމިއްލައަށް ލިފްޓު ޑިޒައިންކޮށްލެވުމެވެ. ކޯނޭގެ 'ކާ ޑިޒައިނާ
ޕްރޮގްރާމު' ބޭނުންކޮށްގެން ކަސްޓަމަރު ބޭނުންވާ ގޮތަށް،
ބޭނުން ސައިޒަކަށް ލިފްޓުގެ އިންޓީރިއާ
އަދި އެކްސްޓީރިއާ ޑިޒައިން ކުރެވޭނެ އެވެ. މިއީ ކުދި ޖާގަތަކުގައި ލިފްޓު ބަހައްޓަން ބޭނުން ނަމަ
ލިބޭނެ ބޮޑު ލުޔެކެވެ.
ރާއްޖޭގެ މާކެޓުގައި ކޯނޭ ހާއްސަވާ
އަނެއް ސަބަބަކީ، ރާއްޖޭގައި ބެހެއްޓި ފުރަތަމަ ޓަޗްލެސް ލިފްޓަކީ ކޯނޭ ބްރޭންޑުގެ
ލިފްޓަކަށްވުމެވެ. ކޮވިޑުގެ ދުވަސްވަރު އެސްޓީއޯ އިން ރާއްޖެއަށް ކޯނޭ
ބްރޭންޑުގެ ޓަޗްލެސް ލިފްޓު ތައާރަފުކުރީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން
ކަށަވަރުކޮށްދިނުމަށެވެ.
ކޯނޭ ލިފްޓުގައި އިމެޖެންސީ ބެޓްރީ
ޑްރައިވް މޮޑިއުލް ވެސް ހިމެނޭއިރު، މީގެ ސަބަބުން ކަރަންޓް ދިއުމުން ލިފްޓް
އެންމެ ކައިރީ ހުންނަ ފްލޯއަކަށް ދިއުމަށް ފަހު ލިފްޓުގެ ދޮރު ހުޅުވޭނެ އެވެ.
ފިންލޭންޑުގެ ކޯނޭ ލިފްޓަކީ ދުނިޔޭގެ
ބޮޑެތި އިމާރާތްތަކާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަންތަނުގައި ވެސް
ހަރުކޮށް، ބޭނުންކުރަމުން އަންނަ އިތުބާރު ހުރި ކޮލެޓީ ލިފްޓެކެވެ.
ކޯނޭ ލިފްޓު ބަހައްޓާފައި ހުންނަ
ތަންތަނުގެ ތެރޭގައި:
މައްކާގައި
ހުންނަ މައްކާ ކްލޮކް ޓަވާ
އޮސްޓްރިއާގެ
ވިއެނާ އެއާޕޯޓު
ޗައިނާގެ ކުންމިން ޗަންގުޝީ އެއާޕޯޓު
ސްޕެއިންގެ
މެޑްރިޑް މެޓްރޯ
ނިއުޒިލެންޑްގެ
ސްކައިޓަވާ
މީގެ އިތުރުން، ރާއްޖޭގައި މި ފަހުން އިމާރާތްކުރާ ގިނަ ރެޒިޑެންޝަލް
އިމާރާތްތަކުގައި ވެސް ބަހައްޓަނީ ކޯނޭ ލިފްޓެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ ދަ ގާޑަން ފްލެޓުތަކާއި ފިތުރޯން ޓަވަރު އަދި އެސްޖޭ
ކްރީކްގައި ވެސް ބަހައްޓާފައި ހުންނަނީ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ކޯނޭ
ލިފްޓެވެ. މިއީ ކޮންމެ އިމާރާތަކަށް ވެސް ފައްކާ، ތިމާވެއްޓާ ވެސް ރައްޓެހި
އުފެއްދުމެކެވެ.
ޔޫރަޕުގެ ސޭފްޓީ މިންގަނޑުތަކަށް
އުފައްދާފައިވާ ކޯނޭ ލިފްޓު އެސްޓީއޯ އިން ބަހައްޓައިދީ، އިންސްޓޯލުކޮށްދެނީ ވެސް
ލިފްޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުންނެވެ.
އެސްޓީއޯ އިން ކަސްޓަމަރުންނަށް ދޭ
ޔަގީންކަމަކީ، ކޯނޭ ލިފްޓުގެ
ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަމެވެ. ލިފްޓު ބަހައްޓައިދިނުމަށް ފަހު، އެސްޓީއޯ އިން
ކަސްޓަމަރުންނަށް ހާއްސަކޮށް ތަމްރީނުތައް ވެސް ކުރިއަށް ގެންދެ އެވެ.
މި ތަމްރީނުތަކުގައި، އިމަޖެންސީ
ހާލަތްތަކުގައި ލިފްޓު ހޭންޑަލް ކުރާނެ ގޮތް ދަސްކޮށްދެ އެވެ. މިއީ ކޯނޭ ލިފްޓުގެ އިތުބާތު
ދަމަހައްޓައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ރައްކާތެރިކަމާ އެކު އެ
މައްސަލައެއް ހައްލު ކުރާނެ ފުރިހަމަ ގޮތް ކަސްޓަމަރުންނަށް ކިޔައިދީ، ތަމްރީނު ދިނުމުގެ ބޭނުމުގައި ކުރާކަމެކެވެ.
ކޯނޭ ލިފްޓަކީ ކޮންމެ އިމާރަތެއްގައި ބަހައްޓަން ވެސް އެންމެ ކަމުދާނެ ލިފްޓެވެ.
ލިފްޓު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެސްޓީއޯ އިން ހާއްސަ ރޭޓުތަކެއްގައި ފަސޭހައިން ފައިސާ ދެއްކޭނެ ޕްލޭންތައް ދެ އެވެ. ލިފްޓު ބަހައްޓައިދިނުމުގެ ހިދުމަތް
ހޯދާ ކަސްޓަމަރުންނަށް ވެސް ފައިސާ ދައްކަން ފަސޭހަ
އިންސްޓޯލުމެންޓު ޕްލޭންތައް ހުރެ އެވެ.
ކޯނޭ: ރައްކާތެރި، އިތުބާރު ހުރި ލިފްޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ