ސަގާފަތާއި ގައުމިއްޔަތު ނަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ މުންކަރާތްތަކާއި މެދު ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެ އެވެ.
ޝެއިޚް ހަސަން މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޝެއިހް ހަސަން އަކީ ޖަމިއްޔަތުއް ސަަލަފުގެ ފުރަތަމަ ނާއިބު ރައީސް ވެސް މެ އެވެ. ވަރަށް ދިގު މުއްދަތަކަށް އެ މަގާމު އަދާކުރެއްވި އެވެ. ޝެއިހަކީ މިހާރުވެސް އެ ޖަމިއްޔާގެ އިލްމުވެރީންގެ މަޖިލީހުގެ މެންބަރެކެވެ.
ޝެއިހް ފިކުރީ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަގާފަތާއި ގައުމިއްޔަތު ނަމުގައި ދައުލަތުގެ ވުޒާރާތަކާއި ކައުންސިލުތަކުން އީދު ކުޅިވަރުގެ ނަމުގައި ދެޖިންސު މަސްހުނިކޮށް އަންހެންވެރިން ނެރެގެން ނައްޓުވައިގެން ހިންގާ މުންކަރާތްތައް ދިރުވާ އާލާ ކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
އަދި މި މުންކަރާތްތައް ހުއްޓާލުމަށް ޝެއިޚް ވަނީ ދައުލަތަށް ގޮވާލައްވާފަ އެވެ.
ޝެއިހް ވަނީ ކުރިއަށް އޮތް ހައްޖުމަހުގެ ދުވަސްތަކުގައި އީދު ކުޅިވަރުގެ ނަމުގައި ހިންގާ ފާހިޝް މުންކަރާތްތަކުގައި ބައިވެރިނުވުމަށް ވެސް ދިވެހި ރައްޔިތުންނަށް ނަސޭހަތެރިވެފަ އެވެ.
އީދާއި ދިމާކޮށް ހިންގާ ހަރަކާތްތަކާއި މެދު މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
ޝެއިހް ވިދާޅުވީ މާތް ރަސްކަލާނގެ މާތް ކުރެއްވި އަޟްޙާ ޢީދު ފާހަގަކުރަން ކުރެވޭ މަސަކަތްތައް ކަމަށް ބުނެ، ދިވެހީންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކޮށް ތައުބާވެފައި ތިބި ދޮށީ އުމުރު ފުރައިގެ އަންހެނުންނަށް ދާންދެން ބައިވެރިކޮށްގެން، ނާޗަރަންގީ އާއި، ލަނގިރި ފަދަ، ވަޅުޖެފައިވާ ފާޙިޝް ހުތުރުކަން ބޮޑެތި މުންކަރާތްތައް ދިރުވައި އާލާކުރަން ދެ ޖިންސު މައްސުނިކޮށްގެން ޝޯތައް ބޭއްވުމަކީ، ޙައްޖު މަހުގެ 10 ދުވަހާއި، އަރަފާތް ދުވަހުގެ ހުރުމަތް ކެނޑުމަށް ކުރެވޭ ކަންކަމެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް
އަދި ވިދާޅުވީ އެއީ އިސްލާމީ ދައުލަތަކުން ނުވަތަ ސަރުކާރެއްގެ ފަރާތުން ޕްރޮމޯޓު ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.
"އޭގެ ސަބަބުން ބާރުވެރިވެގެން ދާނީ ލާދީނީ ކަންކަމެވެ. އަދި ވަޅުޖެހި ނިކަމެތިވެގެން ދާނީ ދީނީ ކަންކަމެވެ," ޝެއިހް ވިދާޅުވި އެވެ.
ސަރުކާރުން ދަނީ ކޮންމެ އަހަރަކު ވެސް ތިން ރަށެއްގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރަމުންނެވެ. މި އަހަރު އީދު ފާހަގަ ކުރަނީ އުތުރުން ހއ. ކެލާގަ އެވެ. މެދު އަތޮޅުތަކުން ލ. ގަމުގަ އެެވެ. ދެން ކ. ގުރައިދޫގަ އެވެ.
އެ ރަށްރަށުގައި އެކި އުމުރުތަކުގެ އަންހެނުން ހިމެނޭހެން އެކި ކުޅިވަރުތައް ކުޅުމަށް ފަރިތަކުރަން ވަނީ ފަށާފަ އެވެ.
އީދާ ދިމާކޮށް ދައުލަތުން ހިންގާ މުކާރާތްތައް ހުއްޓާލުމަށް ޝެއިހް ހަސަން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ