މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާތީ އެމްޓީސީސީ ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައީ މިއަދު މެންދުރު 12:30 ކަން ހާއިރުއެވެ.
އެކަމާއި ގުޅިގެން ބަސް ޓިކެޓް ނެގުމުގެ ޚިދުމަތަށް ބުރޫ އަރާފައިވާއިރު، އެމްޓީސީސީން ބުނީ ޓިކެޓް ނެގުމުގައި މައްސަލަ ދިނާވި ނަމަވެސް އާންމު ދަތުރުފަތުރުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.
"ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ވާހަކަ ދަންނަވަމެވެ." އެމްޓީސީސީން އެކްސްގައި އާންމުކުރި ޕޯސްޓުގައިވެ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ހުރިހާ ޖެނެރޭޓަރެއް ނިވިގެންނެވެ.
ގްރޭޓާ މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި އެއާޕޯޓުން ވެސް ކަރަންޓު ކެނޑި ހިދުމަތް މެދުކެނޑުނު ނަމަވެސް މިހާރު އެތަންތަނަށް ކަރަންޓު ވަނީ ދީފަ އެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، މާލޭގެ ބައެއް ސަރަހައްދު ތަކަށް ކަރަންޓް ދެވިފައިވާ ކަމަށް ދާދި ދެންމެ އަކު ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި ކަރަންޓް ނުދެވި ހުރި ސަރަހައްދު ތަކަށްވެސް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކަރަންޓު ނެތް ގަޑީގައި ބަހުގައި ހިލޭ ދަތުރުކުރެވޭ ގޮތަށް ހަަމަަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ