ހުޅުމާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި އެކެއްގެ ނޭފަތް ފަޅާލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ކެފޭއެއްގެ ކައިރީގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް މިރޭ 8:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އެކެއްގެ ނޭފަތް ފެޅި އަނިޔާވެފައިވާ ކަމަށާއި އަދި އަނެއް މީހާއަށް ބޭރުފުޅުން އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީއެއްގައި އެކެއްގެ ނޭފަތް ފަޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ