މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ އާއިލާ އިން ބުނީ އެ އަންހެން މީހާގެ ހަބަރެއް އެންމެ ފަހުން ވީ ރޭ 8:30 ހާއިރު ކަމަށެވެ. އެއީ އެމީހާ ގެއިން ނިކުމެންދިޔަ ވަގުތެވެ.
އަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓޮޕަކާއި ކަޅު ސޯލެއް އަޅައިގެންނެވެ.
ފުލުހުންގެ އިދާރާ އިން “ވޮއިސް” އަށް ބުނީ އެ މީހާ ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހަށް އެކަން ރިޕޯޓްކުރީ މިއަދު މެންދުރު 1:00 ގައި ކަމަށެވެ.
މާލޭން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ