ދިޔަ މަހުގެ 28 މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ވަނީ ނިއްވާލާފަވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ އެކައުންޓަކުން ދައުރުކުރި އިންޖީނު ރޫމްގެ ފޮޓޯ އާއި ވީޑިއޯއަކީ މިދިޔަ މަހުގެ 28ގައި ހިންގި ހާދިސާއެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެމްއެންޑީއެފްއިން ވެސް ވަނީ މިމަހުގެ 28 ވަނަ ދުވަހު ސްޓެލްކޯ އިންޖީރު ރޫމެއްގައި ހާދިސާއެއް ހިގުމާ ގުޅިގެން އެޓެންޑްވި ކަމަށް އެ ދުވަހު ބުނެފަ އެވެ. ސްޓެލްކޯ އިން ބުނީ މިދިޔަ މަހުގެ 28 މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ވަނީ ނިއްވާލާފަވާ ކަމަށެވެ. އަދި މި ހާދިސާ ހިނގިތާ ދެދުވަހެއްތެރޭ އިންޖީނު މަރާމާތު ކުރެވި މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ
އެ ކުންފުނިން ބުނީ ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ މިކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން މިކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެކެވެ.ސްޓެލްކޯއިން ބުނީ މާލޭ ޕަވަހައުސްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވަން ބޭނުންފުޅުވާ ނޫސްވެރިންނަށް އަޅުގަނޑުމެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދައުރުކުރީ މިދިޔަ މަހު ހިނގި ހާދިސާއެއްގެ ފޮޓޯތަކެއް، ރޮލެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ