އެންޓޮނީ ބޭނުންވަނީ ކުޑަ މުސާރައަކަށް ނަމަވެސް ބެޓިސް އަށް ބަދަލުވާން އެންޓޮނީ ބޭނުންވަނީ ކުޑަ މުސާރައަކަށް ނަމަވެސް ބެޓިސް އަށް ބަދަލުވާން

މެންޗެސްޓާ (ޖޫން 23) - ބްރެޒިލްގެ ވިންގް، އެންޓޮނީ، ބޭނުންވަނީ މުސާރަ ކުޑަ މުސާރައަކަށް ނަމަވެސް މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު ސްޕެއިންގެ ރެއާލް ބެޓިސް ގައި ދާއިމީކޮށް މަޑުކުރަން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބޮޑު އަގުގައި އޭނާ ގަތް މެންޗެސްޓާ ޔުނައިޓެޑު ދޫކޮށް ދޫކޮށް އެންޓޮނީ، 24، ލޯނު އެއްބަސްވުމުގެ ދަށުން ބެޓިސް އާ ގުޅުނީ ޖެނުއަރީ ޓްރާންސްފާ މާކެޓުގަ އެވެ. އެ ލޯނު އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ އެ ކްލަބާ ގުޅުނީ 110 މިލިއަން ޑޮލަރަށެވެ. ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން އެންޓޮނީ އެ ކްލަބަށް އަންގާފައިވާކަން އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މިހާރު ހަފުތާއަކު 200,000 ޑޮލަރުގެ މުސާރައެއް ލިބޭ އެންޓޮނީ ހުރީ، އެޔަށްވުރެ 30 އިންސައްތަ ކުޑަކޮށްގެން ނަމަވެސް ބެޓިސް އަށް ދާން ތައްޔާރަށެވެ. ބެޓިސް ގައި ހޭދަކުރި ހަތަރު މަސްދުވަހު އެންޓޮނީ ވަނީ ޔުނައިޓެޑުގައި ހޭދަކުރި ދެ އަހަރު ނުދައްކާވަރުގެ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޔުނައިޓެޑުން އެންޓޮނީ އަގުކުރަނީ 43 މިލިއަން ޑޮލަރަށެވެ. އެންޓޮނީ ގަތުމަށް ބެޓިސް އިން ބޭނުންވާއިރު ދެ ޓީމުން ވަރަށް އަވަހަށް އެކަމާމެދު މަޝްވަރާތައް ވަނީ ފަށާފަ އެވެ. ބެޓިސްގެ އިތުރުން އިޓަލީގެ ކޮމޯ އިން ވެސް އެންޓޮނީ ގަތުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އެންޓޮނީ ވަނީ އޭނާ ކުޅެން ބޭނުންވަނީ ބެޓިސް އަށް ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ