ތައިލެންޑާއި އަވަށްޓެރި މިޔަންމާއަށް ހުކުރު ދުވަހުގެ މެންދުރު ފަހު އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ބެންކޮކްގައި ހަދަމުން ދިޔަ އުސް އިމާރާތެއް ވެއްޓިއްޖެ އެވެ.
މެންދުރު އައި ބިންހެލުމާ އެކު 6.4 މެގްނިޓިއުޑްގެ ބާރުގަދަ އާފްޓާޝޮކެއް އައިސްފައިވެ އެވެ.
ބެންކޮކްގެ މަޝްހޫރު ޗަޓުޗަކް މާރުކޭޓު ކައިރީގައި އިމާރާތް ވެއްޓުމުގެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގޭ ކަމަށާއި އޭރު އެ ތަނުގައި ތިބީ ކިތައް މަސައްކަތްތެރިން ކަމެއް އަދި ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މަތީގައި ކެރޭނެއް ހުރި އެތަކެއް ބުރީގެ އިމާރާތް ވެއްޓުނު އިރު، މަންޒަރު ދުށް މީހުން ހަޅޭއްލަވައިގަތެވެ.
ބެންކޮކްގައި އިތުރު އާފްޓާޝޮކްތަކެއް އަތުވެއްޖެ ނަމަ އެމީހުންގެ އިމާރާތްތަކުން ހުސްކުރި މީހުން ބޭރުގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޖަރުމަނުގެ ޖީއެފްޒެޑް ސެންޓާ ފޯ ޖިއޯސައިންސަސް އިން ބުނީ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު ބިމުގެ އަޑިން ކަމަށާއި އެޕިސެންޓަރުހުރީ މިޔަންމާގައި ކަމަށެވެ.
ބިންހެލުމާ ގުޅިގެން ބެންކޮކްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
ބެންކޮކަށާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ވިދާޅުވީ، ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ކަމަށެވެ. ބެންކޮކަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން އެ ސިޓީގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރޭގައި އެ ސިޓީގެ އުތުރުގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ.
ތައިލެންޑާއި މިޔަންމާއަށް 7.7 މެގްނިޓިއުޑްގެ ބިންހެލުމެއް؛ ބެންކޮކްގައި އުސް އިމާރާތެއް ވަނީ ވެއްޓިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ