ތިމާ ކުރާ ފާފަތައް މީސްތަކުންނަށް ސިއްރުކުރަން ބޭނުންވާނަމަ އެކަމުން އެނގެނީ އެމީހަކު ޖެހިލުންވަނީ މީސްތަކުން ދެކެކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ޖެހިލުންވާނަމަ އެކަނިހުރެގެންވެސް ﷲާފައެއް ނުކުރާނެއެވެ. އެއީ ﷲ ތަޢާލާ ތިމާއަށް ބައްލަވައި ވޮޑިގެންވާކަން ޔަޤީންކުރެވޭތީއެވެ.
ފުރަތަމަވެސް ވިސްނައިލާށެވެ! ދުނިޔޭގައި ހުރެގެން ތިބާ ނުލާހިކު ގިނަ އަޅުކަންކުރިއެވެ. ނުހަނު ބުރަ އުފުލައިގެން އަޅުކަންކުރީ ޤިޔާމަތް ދުވަހު ނަރަކައިގެ ޢަޛާބުން ސަލާމަތްވެވި ސުވަރުގެ ލިބޭނެ ކަމުގެ އުންމީދުގައެވެ.
ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނަށް ދިއައީ ބޮޑެތި ފަރުބަދަތައްހައި ގިނަ އަޅުކަން ހިފައިގެންނެވެ. އެބޮޑެތި ބިޔަ ފަރުބަދަތަކަށް ބަލައި ނަރަކައިން ސަލާމަތްވެވޭނެ ކަމުގެ އުންމީދުގައި ނުހަނު އުފަލުން ހުއްޓައި ﷲ ތަޢާލާ އެއިން އެއްވެސް އަޅުކަމެއް ޤަބޫލުފުޅު ނުކުރައްވަވައި އަޅިތަކެއް ވައިގެ ތެރެއަށް ބުރަބުރައިގެންދާ މިޘާލުގައި ހުރިހާ އަޅުކަން ބުރުއްސައި ލައްވަވަނީ އެމީހާގެ ކުރިމަތީގައެވެ.
ނިކަން ބުނެބަލާށެވެ! މިޙާލަތަށްވުރެ ބޮޑަށް ބިރުގަންނަންޖެހޭނެ ކަމެއް އެބައޮތް ހެއްޔެވެ؟ ދެރަވެ ހިތާމަކޮށް ރޯން ޖެހޭނެ ކަމެއް އެބައޮތް ހެއްޔެވެ؟ އެހެނަސް މިޙަދީޘްފުޅަށް މިއަދު ބިރުވެތިވަނީ ހާދަމަދު މީހެކެވެ.
މިޙާލަތު ކުރިމަތިކުރައްވަވަނީ މީސްތަކުންގެ ކުރިމަތީގައި ހުރެ އަޅުކަންކޮށްފައި އެކަނިވުމުން ﷲ ތަޢާލާއަށް ބިރުވެތިނުވެ ފާފަތައްކުރާ މީހުންނަށެވެ. މިއަދު އެކަމަށް ބިރުގަންނަނީ ކާކުހެއްޔެވެ؟ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލުމުން ބޯއަޅައިގެން އޮންނަ ބާލީހަށްވުރެ ތިމާއާއި ގާތުގައި ވަނީ ގެންގުޅޭ ފޯނެވެ. ފޯނު އޮންނަނީ އަތުގައެވެ. އެކަނިވެލެވުމާއިއެކު ފޯނުނަގައި އެއްވެސް ބިރެއްނެތި ފާފަތައް ކުރަން ފަށަނީއެވެ. މިކުރެވެނީ ކިހައިވަރެއްގެ ބޮޑު، ބިރުހުރި ފާފައެއް ކަމާއިމެދު ވިސްނައެއްވެސް ނުލައެވެ. އެފޯނު ބޭނުންކޮށްގެން ބޮޑެތި ދޮގުތައް ހަދަނީއެވެ. ފާހިޝް ޢަމަލުތައްވެސް ކުރަނީއެވެ. އެހެންމީހުން ލައްވައި ފާފަކުރުވަނީއެވެ.
The Prophet (blessings and peace of Allah be upon him) warned against sins committed when one is alone and in secret, as is mentioned in the hadith narrated from Thawbaan (may Allah be pleased with him) from the Prophet (blessings and peace of Allah be upon him), that he said: “I certainly know people of my ummah who will come on the Day of Resurrection with good deeds like the mountains of Tihaamah, but Allah will make them like scattered dust.” Thawbaan said: O Messenger of Allah, describe them to us and tell us more, so that we will not become of them unknowingly. He said: “They are your brothers and from your race, worshipping at night as you do, but they will be people who, when they are alone, transgress the sacred limits of Allah.”
Narrated by Ibn Maajah (4245); classed as saheeh by al-Albaani in Saheeh Ibn Maajah.
މީސްތަކުންނޭވެ! މިދެއްކީ މި ޙަދީޘްފުޅުގެ ވާހަކައެވެ. މިއީ ޞަޙީޙް ޙަދީޘްފުޅެކެވެ. ބިރުވެތިވާށެވެ! އެކަނިވެލެވުމުން ފުރަތަމަވެސް "ޔާ ﷲ" ކިޔައި ﷲ ތަޢާލާއަށް ދަންނަވައިބަލާށެވެ. ޛިކުރުކޮށްބަލާށެވެ! ބޭނުންވާ ކަމަކަށް އެދި ދުޢާކޮށްބަލާށެވެ. އައްސަވައި ވޮޑިގަންނަވާނެތެވެ. ޢިޖާބްކުރައްވަވާނެތެވެ.
With regard to how a person may avoid committing sins when he is alone, that may be achieved by means of the following:
1.. Turning to Allah, may He be exalted, in supplication and beseeching Him to avert sins from him. Allah, may He be exalted, says (interpretation of the meaning): “And when My servants ask you, [O Muhammad], concerning Me - indeed I am near. I respond to the invocation of the supplicant when he calls upon Me. So let them respond to Me [by obedience] and believe in Me that they may be [rightly] guided”
[al-Baqarah 2:186].
"އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ". (އަލް ބަޤަރާ: 186)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެކަނިވެވުމުން ބިރެއް ނެތި ފާފަކުރެވޭ މީހުންވާނީ ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ނިކަމެތިވެ ހިތާމަކުރަންޖެހޭނެ މީހުންގެތެރޭގަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ