ހދ. ހިރިމަރަދޫ ރައްޔިތުން، ހދ.ހަނިމާދުއަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއެވެ. ހީނާ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވަފާއިވާކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހީނާ ދެއްވާފައި ނުވެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައި ވާއިރު، މިދިޔަ ސެޕްޓެމްބަރު މަހު ހިރިމަރަދޫ ކައުންސިލުން ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ބައްދަލުކޮށް، އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ތުލުދުސްދުއަށް ބަދަލުވާން ކަމަށް ބުނެފައިވެއެވެ.
ހިމަރަދުއަކީ ހދ. އަތޮޅުގައި މީހުން މަދު އެއް ރަށެވެ. އެގޮތުން އެންމެ ފަހުން ނެގި 2022ގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގައި ދިރިއުޅެނީ 293 މީހުންނެވެ. ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 260 އެވެ. ހިރިމަރަދޫ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ އާބާދީއަކީ 584 މީހުންކަން ފާހަގަކޮށްލެވެއެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ