ވިނަރެސް ފްލެޓަކުން ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިއްޖެ ވިނަރެސް ފްލެޓަކުން ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިއްޖެ

ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓަކުން ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ ދިވެހި އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ޒުވާނާ ހަބަރު ހުސްވެފައި އޮއްވާ ފެނުނީ މިއަދު 06:05 ހާއިރު އަންހެނަކު ރޯ އަޑު އިވޭ ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން، އެތަނަށް އެޓެންޑުވެ ގަދަކަމުން ދޮރު ހުޅުވައި ބެލިއިރު ކަމަށެވެ.
އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް ހެނދުނު 06:05 ހާއިރު ފުލުހުންނަށް ރިޕޯޓަކާ ގުޅިގެން ފުލުހުން އެޓެންޑުވެ، ގަދަ ކަމުން ދޮރު ހުޅުވައި ބެލިއިރު ހަބަރު ހުސްވެފައި އޮތް އަންހެނަކު ފެނިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ހަބަރު ހުސްވެފައި އޮތް އަންހެން މީހާ ފެނުނު އެޕާޓްމަންޓުގައި އިތުރު މީހަކު ނެތް ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައި ނުވާއިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ