ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑިސީން ކުރިއަށްގެންދާ ޢީދު ހަވީރު ހުޅުމާލޭ ސެންތްރަލް ޕާކްގައި ބޭއްވުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެކުންފުނީގެ ފަރާތުން ޢީދު އުފާ ފާހަގަކުރުމުގެ ގޮތުން ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢީދު ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 16:00 ގައި ކަމަށެވެ. އެޗްޑިސީން ބުނީ އީދު ފެސްޓިވަލްގެ ހަރަކާތްތައް ހަވީރު 17:45 ހަކާ ހަމަޔަށް ކުރިއަށްގެންދާނޭކަމަށެވެ.
ޢީދު ފެސްޓިވަލަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީގެ މުއައްޒަފުން ގެންދަނީ ވަރަށްބޮޑަށް ތައްޔާރުވަުންނެވެ. މިގޮތުން އެޗްޑިސީން އީދު ފެސްޓިވަލް ރާވާފައިވަނީ ކުޑަކުދިންނަށް ބައިވެރިވެވޭނޭ ކަހަލަ އެކިއެކި ކުޅިވަރުތައް ހިމައިގެންނެވެ. މީގެ އިތުރުން ޢީދު ފެސްޓިވަލްގެ ތެރޭގައި، ކުޑަކުދިންނަށް ހަދިޔާ ދިނުންވެސް ކުރިއަށްދާނޭކަމަށް އެޗްޑިސީން ބުނެއެވެ.
Advertisement
ހުޅުމާލެ ސެންޓްރަލް ޕާކްގައި މީގެކުރިން ޢީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން..
ޢީދު ފެސްޓިވަލްގެ އިތުރުން އެޗްޑީސީން ގެންދަނީ ތަފާތުއެކި ކުލަ ބޮކިތަކުން ހުޅުމާލެ ދިއްލާލުމުގެ ކަންކަންވެސް ކުރަމުންނެވެ. މިދިޔަ އީދުގައިވެސް ކުލަބޮކިތަކުން ހުޅުމާލެ ދިއްލާލިއިރު، އެކަމަށް ކުދިބޮޑު އެންމެންގެ ފަރާތުން ވަރަށްބޮޑު ޝައުގުވެރިކަމެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
އެޗްޑީސީ އީދު ހަވީރު، ހުޅުމާލެ ސެންޓްރަލް ޕާކްގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ