މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކުން މައްޗަށް މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކުން މައްޗަށް

މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކުން މައްޗަށް ހިނގައްޖެ އެވެ.
އެންވަރަމެންޓް އަދި ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،021،280 އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 932،396 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. ޖޫން 11، ގެ ނިޔަލަށް އެ ގައުމުން ރާއްޖެއަށް 122،741 ފަތުރުވެެރިން ޒިޔާރަތްކޮށްފި އެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތީ 113،741 ފަތުރުވެރިން މިހައިތަނަށް ޒިޔާރަތްކުރި ރަޝިޔާ އެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
މީގެ ކުރިން މި ލިސްޓުގެ ކުރީ ސަފުގައި ހިމެނޭ އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ. މި އަހަރުގެ މިހައިތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރީ 59،702 ފަތުރުވެރިންނެވެ.
ޖޫން 11، ގެ ނިޔަލަށް ރާއްޖޭގައި 65،115 އެނދު ހުއްޓެވެ. އޭގެތެރެއިން 98.3 އެނދު ޖޫން 11، ގެ ނިޔަލަށް އޮޕަރޭޝަނުގައި ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ މައުލޫމާތުން އެނގޭ ގޮތުގައި ޖޫން 11، ގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސް ތިބެފައި ވަނީ ކ. އަތޮޅުގަ އެވެ. މި އަހަރުގެ މިހައިތަނަށް 449،513 ފަތުރުވެރިން ކ. އަތޮޅުގައި މަޑުކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އދ. އަތޮޅަށެވެ. އެ އަތޮޅަށް 90،953 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރ. އަތޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ