މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުންނަށް ބަސް ބުނާނެ ފުރުސަތެއް ނެތް- ނާޒިލް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑުކޮށްފި ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގެނައި އިސްލާހް ގާނޫނު އަސާސީ އާ ޚިލާފް: އެމ

މާލޭގައި އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ދެ އެކްޓިވިސްޓެއްކަމަށް ވާ މަރިޔަމް ޒުބެއިރު (މަންދީ) އަދި ފާތިމަތު ޝިއުނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
އެމީހުންނަށް ފޮނުވި ޗިޓުގައި ވަނީ ފުލުހަށް ހާޒިރުކުރަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ، އަޑުގަދަކޮށް މުޒާހަރާ ކުރުމުން ކަމަށެވެ. އަދި، އާންމު ދަތުރުފަތުރަށް ދަތިވާނެހެން ހަރަކާތްތެރިވުމުން ކަމަށާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަގެ ތަހުގީގަށް ސުވާލުކޮށް، ބަޔާން ނެގުމަށް ކަމަށް ޗިޓުގައިވެއެވެ..
އެ މައްސަލައިގައި ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންނަށް މަންދީ ހާޒިރުވާން އެންގީ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށެވެ. އަދި ޝިއުނާ ފުލުހަށް ހާޒިރުކުރަނީ ހޯމަ ދުވަހުގެ މެންދުރު 1:30 އަށެވެ.
އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ 16 އަހަރުގެ ދަރިކަލުންނާ ގުޅޭ ގޮތުން މަރިޔަމް ޒުބައިރު ދެއްކި ވާހަކައެއް ވަނީ ހޫނުވެފައެވެ. އެގޮތުން އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.
އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާތައް ފަށާފައިވަނީ ފްލެޓު ލިސްޓުން ގިނަ ބަޔަކު އުނިކުރި ކަމަށް ބުނެ އެކަމާ މެދު އަޑުއުފުލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ