ފަލަސްތީނުގައި މުސްލިމް އުއްމަތެއްގެ ކުށެއް ނެތް އެތަކެއް ބަޔަކު ކޮންމެ ދުވަހަކު ގަތުލު ކުރަމުންދާއިރު ކުލަ ގަދަގޮތެއްގައި އައު އަހަރު ފާހަގަކުރަން ސަރުކާރުން ނިންމުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އައު އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯއެއް ހިމެނޭ ގޮތަށް ގިނަ ހަރަކާތްތަކެއް އެކުލެވޭ ފެސްޓިވަލެއް ބާއްވަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ބުރާސްފަތިދުވަހުއެވެ.
މީލާދީ އައު އަހަރު 2024 ފާހަގަކުރުމަށް ބާއްވާ މި ފެސްޓިވަލްގެ ނަމަކަށް ދީފައިވަނީ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024"އެވެ.
މިކަމާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ، އައު އަހަރު ފާހަގަކުރުމަށް މިއުޒިކް ޝޯއަކާއި ހަވާއެރުވުމާއި ލޭޒާ ޝޯއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ..
ހަވާއަރުވަން ނިންމާފައިވަނީ މާލެ ސިޓީ، ކ. މާފުށި، ކ. ތުލުސްދޫ، ކ. ދިއްފުށީގެ އިތުރުން އއ. ތޮއްޑޫގައެވެ.
ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024 އަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ދައުވަތުދީފައިވާއިރު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ.
އިލްމުވެރިން ހިމެނޭހެން ގިނަ ފަރާތްތަކަކުން ބުނަމުން އަންނަނީ އިސްރާއީލުން ފަލަސްތީނުގެ މުސްލިމުން ޝަހީދުކުރަމުން އަންނައިރު އަދި ރާއްޖެއަކީވެސް މުސްލިމް ދައުލަތެއް ހިއްސާކުރާ ގައުމަކަށް ވީހިނދު އައު އަހަރު ފާހަގަކުރުމުގެ ނަމުގައި މިއުޒިކާއި ނާޗަރަނގީ ޝޯތައް ބާއްވާ އުފާ ފާޅުކުރުމަކީ ދެރަ ލަދުވެތިކަމެއްކަމަށެވެ.
އަދި ފެށުނީންސުރެ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަޑު އުފުލައި އިސްލާމީ ބޮޑެތި ގައުމުތަކަށް ނަމޫނާ ދައްކަމުން އަންނައިރު މިހާރު އެ މުސްލިމުންނާމެދު ރާއްޖެއިން އެއްވެސް ކުލުނެއް، ރަހުމެއް، ހަމްދަރުދީއެއް އަދި އިންސާނިއްޔަތުކަމެއް ނެތީތޯ އާއްމުންވަނީ ސުވާލު އުފައްދާފައެވެ.
ސަރުކާރުގެ މި ނިންމުން އަނބުރައި ގެންގޮސް މި ދަނޑިވަޅުގައި އައު އަހަރު ފާހަގަކުރަން މިފަދަ އަމަލުތައް ނުހިންގުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ޔަހޫދީ ފައުޖުން އަސްކަރީ ޓޭންކުފަހަރާއެކު ޣައްޒާގެ މެދުތެރޭގައިވާ ރަށްތަކަށް އަރައި، އެ ރަށްތަކަށް ވެރިވެގަންނަން ކުރަމުންދާ މަސައްކަތްތައް ހުކުރުދުވަހު ވަރުގަދަ ކޮށްފައިވާއިރު އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި ހުކުރު ދުވަހާ ހަމައަށް ޝަހީދުކޮށްކޮށްލާފައިވާ މުސްލިމުންގެ އަދަދުވަނީ 21،320 އަށް އުފުލިފައެެވެ.
މުސްލިމުން ޝަހީދު ކުރާއިރު އައު އަހަރު ފާހަގަކުރާތީ ފާޑުކިޔަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ