ްހުވާ ކުރުމަށް ފަހު ގައުމުގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދާނަން: މުއިއްޒު

އަންނަ 17 ނޮވެމްބަރުގައި ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުގެ ކަންކަން ކުރިއަށްގެންދަވާނީ ބާރު ސްޕީޑުގައި ކަމަށް، މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން ކާމިޔާބު ހޯއްދެވި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ ދައުރަށް ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި، އޭނާ ވަނީ ސަރުކާރު ހިންގަވާނެ ގޮތުގެ ވާހަކަދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - މުއިއްޒު ވިދާޅުވީ ދެ ވަނަ ބުރުގެ ނަތީޖާއިން ހާމަވީ އޭނާ ކެމްޕޭނުގައި ބޭނުންކުރެއްވި ޝިއާރާ އެއްގޮތަށް، 'ދިވެހިންގެ ރާއްޖެ'އެއް އޮތުމަށް ދިވެހިން ބޭނުންވާކަން ކަމަށެވެ. އަދި ރައްޔިތުން މިއަދު އޭނާއާ ހަވާލުކުރި ޒިންމާ އަދާކުރައްވާނީ "އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާ ތެދުވެރިކަމާ" އެކު ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ވެސް މަސައްކަތް ކުރައްވާނީ ގާނޫނާއި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމުގެ ކަންކަން ކުރިއަށް ގެންދަވާނީ "ބާރު ސްޕީޑު"ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"17 ނޮވެމްބަރުގައި
އިރާދަކުރެއްވިޔާމުން އަޅުގަނޑުމެންގެ ރަސްމީ މަސައްކަތްކޮށް، ރައްޔިތުން ތިޔަ
ހަވާލުކުރަން ނިންމެވި މަސައްކަތް އަޅުގަނޑުމެން ފަށާނީ ވަރަށް ބާރު ސްޕީޑުގައި ގައުމުގެ
ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި،" މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުން
އެދޭ ގޮތަށް ރާއްޖޭގެ ހުރިހާ ކަމެއް ބައްޓަންކުރުމުގައި ރެއާއި ދުވާލު މަސައްކަތް
ކުރަން ކެރޭ ވަރުގަދަ ޓީމަކާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި
ރައްޔިތުންނަށް އަރުވަން."
އެނގުން މުހިއްމު - މި އިންތިހާބުން ބޮޑު ނާކާބިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ރައީސް އިބްރާހިމް ސޯލިހު 2018 ވަނަ އަހަރު ރައީސް ކަމުގެ ހުވާކުރެއްވީ، އޭގެ ކުރިން 2013ގައި ބޭއްވި ރިޔާސީ އިންތިހާބު އެކި ފަހަރު މަތިން ކޯޓުން ބާތިލުކުރުމުން ކުރިމަތިވި ލަސްތަކާ ހުރެ، 17 ނޮވެމްބަރުގަ އެވެ. ނަމަވެސް، ރައީސް ވަނީ، ކުރީގެ ރައީސުންނެކޭ އެއްގޮތަށް، އެ މަނިކުފާނަށް ފަހު ވަޑައިގަންނަވާ ބޭފުޅުން 11 ނޮވެމްބަރުގައި ހުވާކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ