ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ހާއްސަ ގައުނެއް ތަޢާރަފުކޮށްފި
ސުޕްރިމް ކޯޓް އަދި ޝަރުއީ ދާއިރާ ރަމްޒު ކޮށްދޭ ގައުނެއް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހާއްސަ ކޮށްގެން އެ ކޯޓުން އަލަށް ތަޢާރަފުކޮށްފިއެވެ. މިހާތަނަށް ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ރަމްޒު ކޮށްދޭ ހާއްސަ ގައުނެއް ބޭނުމެއް ނުކުރެއެވެ. މިހާތަނަށް އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރައްވަމުން ގޮސްފައިވަނީ ރިހި ކުލައިގެ ރޭނދާއެއް އަޅާފައިވާ ކަޅު ކުލައިގެ ގައުނެކެވެ. އުއްތަމަ ފަނޑިޔާރުގެ ގައުނުގައި ހުންނަނީ ރަން ކުލައިގެ ރޭނދާއެކެވެ. https://twitter.com/SCMaldives/status/1711654271916380641 މިއަދު އަލަށް ތަޢާރަފުކުރި ގައުނުތައް ތައްޔާރު ކޮށްފައިވަނީ ދިވެހި ތާރީހާއި އިސްލާމީ ވަންތަކަމާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގޮތަށް ފަރުމާ ކޮށްގެންނެވެ. ކެޕްޝަސުޕްރީމް ކޯޓުން ތައާރަފްކުރި އާ ގައުން -- ފޮޓޯ/ސުޕްރީމް ކޯޓް މިގޮތުން މި ގައުނުގައި ރަންކުލައިން ހުންނަ ރޭންދާ ފަރުމާކޮށްފައި ވަނީ، މާލޭގެ ހުކުރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް އަސްލަކަށް ބަލައިގެންކަމަށް އެ ކޯޓުން މައުލޫމާތު ދެއެވެ. މި ފަރުމާއިން ރަމްޒުކޮށްދެނީ ދިވެހި ތާރިހާއި އިސްލާމީ ވަންތަކަމެވެ. ހަމައެފަދައިން، މި ގައުނުގައި ހުންނަ ތިން ތަރިއާއި ތިލަފަތުން ރަމްޒު ކޮށްދެނީ ޢަދުލު އިންސާފު ގާއިމުކުރުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ގައުނު ތުރު ކުރައްވާނީ، ޝަރީއަތުގެ މަޖިލީހާއި ހާއްސަ މުނާސަބަތަކުގައި ކަމަށް ސުޕުރިމް ކޯޓުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ