މިއަދު ހަވީރު މާލޭގައި ވެހިކަލް ދުއްވަން ހުއްދަދީފި

މިނިވަން ދުވަހު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް އޮތުން ކެންސަލްކޮށް ވެހިކަލް ދުއްވުމުގެ ހުއްދަދީފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ކެންސަލް ވެފައިވާތީ މިއަދު ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ކެންސަލްކޮށްފައިވާ ކަމަށެވެ.
މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޕެރޭޑް މޫސުން ތަންނުދިނުމުގެ ސަބަބުން ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ. ހިނގާލުން ފަސްކޮށްފައި ވާއިރު ދެން ހިނގާލުން އޮންނާނެ ތާރީހެއް އަދި އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާ މިރޭ 8:45 ގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު 4:30 ގައި ހުޅުމާލޭގައި ރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހުކުރު ދުވަހުގެ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ ހެވިކަމާއި ކުޅިވަރު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަންތައް ނުބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ