ދިއްދޫ ފަރަށް އެރި ބާޖާއި ޓަގު ބޯޓުގެ ވެރިފަރާތް 100 މިލިއަނުން ޖޫރިމަނާ ކޮށްފި

ހއ. ދިއްދޫ ފަރަށް އެރި ބާޖާއި ޓަގު ބޯޓުގެ ވެރިފަރާތް 100 މިލިއަނުން ޖޫރިމަނާ ކޮށްފިއެވެ.
އެންވައިރަންމެންޓަށް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ، “TB. Mutha Princess” ޓަގު ބޯޓާއި “Mutha Pride”  ބާޖު، މެއި ދެވަނަ ދުވަހު ދިއްދޫ ފަރަށް އަރާފައިވާ ކަމަށެވެ.
މި އުޅަނދުތައް ފަރަށް  އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 100,000,000.00/- (އެއްސަތޭކަ މިލިއަން) ދިވެހިރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ HRS Infratech Pte Ltd ޖޫރިމަނާކުރެވިފައި ވާކަމަށް އީޕީއޭއިން ބުންޏެވެ.
އަދި، ޖޫރިމަނާގެ ފައިސާ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށ އަންގާފައި ވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭއިން ވަނީ މެއި 12 ވަނަ ދުވަހު އެ ސަރަޙައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސަރވެޔަރަކާއެކު ސަރވޭކޮށްފައެވެ. އެގޮތުން، ބެލިބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެވިފައި ވާކަމަށް އީޕީއޭއިން ބުންޏެވެ.
ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ ރުފިޔާ) ކަމަށާއި، އެހެން ނަމަވެސް، ޤާނޫނު ނަންބަރު:4/93 ގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދައްކާ ޚަލާސްކުރުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އަދި، ޤާނޫނު ނަންބަރު:4/93 ގެ 10 ވަނަ މާއްދާގެ ދަށުން ބާޖު ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް މި މައްސަލައިގެ އިސްތިއުނާފް މަރުޙަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައި ވާކަމަށްވެސް އީޕީއޭއިން ބުންޏެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a150513cc4d88dccf5860c8858e2dbb5" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ