ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު އެމްޑީޕީން ވަކިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
މެންބަރު ސިރާޖަކީ އެމްޑީޕީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ގާނޫނީ ދާއިރާގެ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ވެއްޓުމާއި ގުޅިގެން އޭރު ހިނގާދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހުރި ގާނޫނީ ހިލާފުތަކާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމްތަކުގައި އެމްޑީޕީގެ ފަރާތުން ބަސްވިދާޅުވާ ބޭފުޅުންގެ ތެރޭގައިވެސް އޭނާ ހިނެމުނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ޓިކެޓް ދޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ކެމްޕޭނުގެ ކުރީކޮޅު ސިރާޖު ތާއީދު ކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށެވެ. ނަމަވެސް ފަހުން ރައީސް ސޯލިހުގެ ފެކްޝަނާއި ގުޅިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ