ހުޅުމާލެ 1ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުހައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް މާދަމާ ރޭ އޮންނާނެ ކަމަށެވެ.ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގައި މާދަމާ ރޭ 8:30 ގަ އެވެ. ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.މި ބައްދަލުވުމަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ހުރި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ