ރަސްމީ ދަތުރެއްގައި ޝަހީމް ސައުދީއަށް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނީ ޝަހީމްގެ އެ ދަތުރުފުޅުކީ ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ދަތުރުފުޅުގައި ސައުދީގެ ހައްޖު އަދި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގާއ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ހަމައެއާއެކު ވަޒީރުގެ ދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާ އާއި ބައްދަލުކުރައްވާ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން ހައްޖު މިނިސްޓަރުންގެ ކޮންފަރެންސްގެ އިތުރުން ސައުދީގެ ހައްޖު މިނިސްޓްރީން ބާއްވާ ފަސް ވަަނަ ހައްޖު އެންޑް އުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ވެސް ޝަހީމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ