ޓިއުރިން (އޮކްޓޫބަރު 27) - ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި ހުރި ކްރޮއޭޝިއާގެ އީގޯ ޓޫޑޯ، ހަތް މަހަށް ފަހު މަގާމުން ވަކިކޮށްފި އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓެއްގައި މިދިޔަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ތިއާގޯ މޮޓާ، މަގާމުގައި ނުވަ މަސް ވީ ތަނާ މި އަހަރުގެ މާޗް މަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ކްރޮއޭޝިއާ ގައުމީ ޓީމަށް ކުރިން ކުޅުނު، ޓޫޑޯ، 43، އަކީ ޔުވެންޓަސް އަށް ވެސް ކުރިން ކުޅުނު ކުޅުންތެރިއެކެވެ. ގަލަތަސަރާއި، މާސޭގެ އިތުރުން އިޓަލީގެ ދެ ކްލަބް ކަމަށްވާ އުދިނޭޒީ އާއި ވެރޯނާ އަދި ލާޒިއޯ އަށް ކޯޗުކޮށްދިން ޓޫޑޯ އަށް އެންމެ ފުރަތަމަ ދިން ކޮންޓްރެކްޓް އޮތީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ.
މިދިޔަ ސީޒަން ނިމުމުން، ޖޫން މަހު ޓޫޑޯ ވަނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގައި ޔުވެންޓަސްއާ އެކު ސޮއިކޮށްފަ އެވެ. އެކަމަކު، ޔުވެންޓަސް އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިނުވާއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވުމުން، ޔުވެންޓަސް ބޯޑުން ނިންމީ ޓޫޑޯ ވަކިކުރުމަށެވެ.
ޔުވެންޓަސް އަށް 24 މެޗުގައި އިރުޝާދުދިން ޓޫޑޯ އެ ޓީމު ގޮވައިގެން އެންމެ ފަހުން ނުކުތް މެޗުން ބަލިވީ ލާޒިއޯ އަތުންނެވެ.
އިޓާލިއަން ލީގުގެ އަށް ވަނައިގައި އޮތް ޔުވެންޓަސް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެން ހަ ޕޮއިންޓް ފަހަތުގަ އެވެ.
ބުދަ ދުވަހުގެރޭ އުދިނޭޒީއާ ދެކޮޅަށް ކުޅޭ ލީގު މެޗުގައި ޔުވެންޓަސް އަށް އިރުޝާދުދޭނީ މެސިމިލިއާނޯ ބްރަމްބީލިއާ އެވެ.
ޔުވެންޓަސް އިން ޓޫޑޯ ވަކިކުރީ ހަތް މަސް ކޮށްފައި ޔުވެންޓަސް އިން ޓޫޑޯ ވަކިކުރީ ހަތް މަސް ކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ