ވެރިކަމަށް އުއްމީދު ކުރަނީ މާލީ މަންފާއެއް ހޯދާކަށް ނޫން، ހާލަތު ބަދަލު ކުރަން ބޭނުންވާތީ: ޔާމީން

ވެރިކަމަށް އެ މަނިކުފާނު އުންމީދުކުރައްވަނީ މާލީ މަންފާއެއް ހޯއްދަވަން ނޫން ކަމަށާއި ރާއްޖޭގެ ހާލަތު ބަދަލު ކުރަން ބޭނުންފުޅުވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. ހއ. ދިއްދުއަށް ވަޑައިގެން މި އަހަރުގެ ތިލައުތުރު އެވޯޑް ހަފުލާ ޝަރަފުވެރިކޮށްދެއްވައި ޔާމީން ވިދާޅުވީ، ރައްޔިތުން ތަކުލީފެއް އުފުލާނަމަ އެ މަނިކުފާނު އެ ވާހަކައެއް ދައްކަވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުތަކާއި މުއައްސަސާތަކުން ޚިދުމަތްތައް ނުދިނުމާއި ވައުދުތައް ނުފުއްދުން ފަދަ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފަހަރުގައި ހިތަށް އަރާފާނެ ކަންނޭނގެ މީނަ ހަމައެކަނި މިކަން މިކުރަނީ ވެރިކަން ބޭނުންވެގެންނޭ. ކާކު ވެރިކަން ބޭނުންނުވަނީ؟ މީހެއްގެ އުންމީދެއް ހުރެގެން ތިމަންނައަށް މި ގައުމަށް ޚިދުމަތް ކުރެވިދާނެ [ކަމަށް ގަބޫލުކުރާ] އެ ފެންވަރުގެ މީހުން އެކުރަނީ ވެރިކަން ކުރަންވެގެން. އޭރަށް ދެއްތޯ ކަންތައްތައް މިބުނާ ގޮތަށް ރަނގަޅު ކުރެވޭނީކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޔާމީން ދިއްދޫގައި: ވިދާޅުވީ، ވެރިކަމަށް އުންމީދު ކުރަނީ މާލީ މަންފާއެއް ހޯދާކަށް ނޫން، ހާލަތު ބަދަލު ކުރަން ބޭނުންވޭ ކަމަށް ---- ފޮޓޯ/ ހއ. އަތޮޅު ކައުންސިލް ދެހާސް ތޭރައިން 2018އަށް ވެރިކަން ކުރެއްވި ޔާމީން ވިދާޅުވީ، ވެރިކަން ބޭނުންވާ ކޮންމެ މީހެއްގެ ވެސް ވިސްނުމަކާއި ފަލްސަފާއެއް އޮންނާނެ ކަމަށެވެ. އަދި، ކޮންމެ މީހަކު ވެސް ރައްޔިތުންނަށް ވިއްކާ އެއްޗެއް އޮންނާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންވެ، މީހަކު ވެރިކަން ބޭނުންވުމަކީ އޭގެ ޒާތުގައި ނާތަހުޒީބު ނުވަތަ އައިބު ކަމެއް ނޫން ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. ކޮންމެ މީހަކު ވެސް އުޅެނީ ކޮންމެވެސް ކަމެއް ބޭނުންވެގެން ކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވެރިކަމަށް އުންމީދުކުރަނީ އަޅުގަނޑު އަމިއްލަ މުދާތަކެއް [ހޯދުމަށް]، އަޅުގަނޑަށް މާލީ މަންފާއެއް ހޯދަން ނޫނީ އުޅޭނެ ގެއެއް ނެތިގެން އުޅޭ ކަމަށްވަންޏާ އެސުވާލު ތިބޭފުޅުން ކުރައްވާ. މިއިން އެއްވެސް ކަހަލަ ކަމެއް އަޅުގަނޑެއް ބޭނުމެއް ނުވާނެ. އެކަމަކު، އަޅުގަނޑު ބޭނުންވޭ ދިވެހިރާއްޖޭގެ ހާލަތު ބަދަލު ކުރަންކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިސާބު އަކުރެއް ދޮގެއް ނަހަދާނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ތިޔާގި، ފާގަތި ފަސް އަހަރުކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. އެގޮތުން އެ ފާގަތިކަން، އެކި ދާއިރާތަކުގައި ތަރައްގީ ގެނެސްދިން އެތައް ބަޔަކު އަޅައިކިޔައި ޑޮކިއުމަންޓު ކޮށްފައި ހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/198853 ޔާމީން އެފަދައިން ވާހަކަދެއްކެވިއިރު، އެ މަނިކުފާނު ގެންދަވަނީ އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން، އަމިއްލަފުޅު ގެކޮޅުގައި ޕާޓީގެ ޖަލްސާތައް ކޮންމެ ހަފުތާއަކު ބާއްވައެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޔާމީން ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފައެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވާނީ ރާއްޖޭގެ ސަރަހައްދުން ގެއްލުނު ކަމަށް ތުހުމަތުކުރާ ކަނޑުގެ ސަރަހައްދު ހޯދުން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ