1986 އިން ފެށިގެން އެފްރިކާގެ ޔުގެންޑާގައި ދިގު މުއްދަތަކަށް ވެރިކަން ކުރައްވަމުން އަންނަ ރައީސް ޔޮވެރީ މުސެވެނީ (81 އަހަރު)، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވައިފިއެވެ.
ރައީސް މުސެވެނީ ވަނީ، އޭނާގެ ތަސައްވުރަށް ތާއީދުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. ވެރިކަންކުރާ ޕާޓީ ކަމުގައިވާ ނެޝަނަލް ރެސިސްޓަންސް މޫވްމަންޓް (އެންއާރްއެމް) އިން ވަނީ ޖޫން މަހު އޭނާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖައްސާފައެވެ.
މިކަން އިޢުލާންކުރައްވަމުން މުސެވެނީ ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.
2026-2031 ގެ ދައުރަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ކުށްކުރުމުގެ މައްސަލައާއި ޤައުމުގައި އަމާންކަން އޮތް ނަމަވެސް، ކުދިކުދި ކުށްތައް ހުއްޓުވުމަށް އެންއާރްއެމްގެ އޮނިގަނޑުން މަސައްކަތްކުރުމާއި ކޮރަޕްޝަނަކީ ވެސް ނައްތާލަންޖެހޭ ކަމެއްކަމުގައި ވިދާޅުވި އެވެ.
މުސެވެނީ އޭނާގެ ސިޔާސީ ވެރިކަމުގެ ތާރީޚުގައި އެންމެ ދަށް ނަތީޖާ އެއް ލިބުނީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، މުސެވެނީގެ މައިގަނޑު ސިޔާސީ ވާދަވެރިޔާ، ކުރީގެ މިއުޒިކް ކަލާކާރު ބޮބީ ވައިން އާއި ވާދަކޮށްގެން ނެވެ. 35 އިންސައްތަ ވޯޓު ހޯއްދެވި ވައިން ވެސް މި ހަފްތާގެ ފަހުކޮޅު އިންތިޚާބަށް ކުރިމަތިލައްވާނެކަން އިޢުލާންކުރާނެކަމަށް ބެލެވެއެވެ.
މިއަންނަ ދައުރުގައި އެންމެ އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި، މާލީ ކުރިއެރުންތަކާއި ހުރިހާ ރައްޔިތުން ވެސް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިކުރުން ހިމެނެއެވެ. ތަޢުލީމީ ދާއިރާއަށް ބަލާއިރު، ސަރުކާރުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ހުރިހާ ކުދިންނަށް ވެސް ދިނުމާއި އަދި އިންފްރާސްޓްރަކްޗަރގެ ގޮތުން މަގުތައް ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނެއެވެ.
މުސެވެނީ ވިދާޅުވެފައިވެއެވެ.
އިންތިޚާބު ކައިރިވަމުން އަންނަވަރަކަށް، ޔުގެންޑާގެ ގިނަ ރައްޔިތުން ކަންބޮޑުވަނީ އިންތިޚާބު މިނިވަން އަދި އިންސާފުވެރި ގޮތެއްގައި ނުބޭއްވޭނެކަމުގެ ބިރަށެވެ. ކެމްޕެއިން މުއްދަތު ފެށުނީއްސުރެ، ފެންނަމުންދަނީ އިދިކޮޅު ފަރާތްތައް ހައްޔަރުކުރެވި، ބިރުދެއްކުމުގެ ޢަމަލުތަކާ ކުރިމަތިލާންޖެހޭ މަންޒަރުކަމަށް އަލް ޖަޒީރާގެ ރިޕޯޓަރު ކެތަރިން ސޮއި ވިދާޅުވިއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ގިނަ ވައުދު ތަކާއި އެކު ޔުގެންޑާގެ ރައީސް، 45 އަހަރު ވެރިކަން ކުރެއްވުންމަށް ރިޔާސީ ރޭހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ