ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓެއްގައި މިއަދު ރޯވެ، ކޮޓަރިއެއް ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވީ ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓްގަ އެވެ.މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 8:49 ހާއިރު އެވެ.އެމްއެންޑީއެފުން ބުނީ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރު ކަމަށެވެ.ސިފައިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ