އިންޑިއާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކެއް ޓްރިވެންޑްރަމުގައި ކުރިއަށް ގެންދަނީ އިންޑިއާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކެއް ޓްރިވެންޑްރަމުގައި ކުރިއަށް ގެންދަނީ

އިންޑިއާ އާއި ދިވެހި ސިފައިން ގުޅިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ތަމްރީނު "އެކުވެރިން" އިންޑިއާގެ ޓްރިވެންޑްރަމުގައި އަންގާރަ ދުވަހު ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުތައް ކުރިއަށްދާނީ ޑިސެމްބަރު 16، ވަނަ ދުވަހާ ހަމައަށް ޖުމްލަ 14 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެ ތަމްރީނުގައި އެމްއެންޑީއެފް މެރީން ކޯގެ 45 ސިފައިން ބައިވެރިވެ އެވެ.
އެ ތަމްރީނުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވާ ސިފައިންގެ ކޮމާންޑަރަކަށް ހަމަޖެއްސީ މެރިން ކޯ ހެޑްކުއޯޓާޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިން އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރު، މޭޖާ އަބްދުލް ހަސީބް އިބްރާހީމް އެވެ.
އެކުވެރިން ތަމްރީނު ޕްރޮގްރާމްތައް ފެށީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން މަދުވެގެން އެ އެކުވެރިންގެ ނަމުގައި އަށް ތަމްރީނެއް ކުރިއަށް ގެންގޮސްފި އެވެ.
އެ މަންރީނުތައް މީގެ ކުރިން ލ. ކައްދޫ އާއި ޅ. މާފިލާފުށީގައި އެކި ފަހަރުމަތިން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވެސް އެ ތަމްރީނު ސީރީޒް ކުރިއަށް ގެންގޮސްފައިވެ އެވެ.
މިއީ ޓްރިވެންޑްރަމުގައި އެކުވެރިންގެ ތަމްރީނެއް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖެއަށް ގަޑިއެއްހާއިރު ދުރުގައި އޮންނަ ޓްރިވެންޑްރަމަކީ ދިވެހިންގެ އާންމުކޮށް ގޮސް އުޅޭ އަދި ބޮޑު ދިވެހި އާބާދީއެއް ދިރިއުޅޭ ތަނެކެވެ. އެ ސިޓީގައި ގާތްގަނޑަކަށް 2000 ދިވެހިން އުޅޭނެ ކަމަށް ބެލެވެ އެވެ.
ކެރެލާ ޓޫރިޒަމް ބޯޑުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު އެ ސްޓޭޓަށް 30،299 ދިވެހިން ޒިޔާރަތް ކުރި އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ދިވެހިން ދާނެ ކަމަށް ބެލެވެނީ ޓްރިވެންޑްރަމާއި ކޮޗިންއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ