ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގައި އިއްޔެ ކުޅުނު މެޗުތަކުން، ދިވެހި ސިފައިންގެ ކްލަބުން އެންމެ ފަހުގެ ޗެމްޕިއަން، ޕޮލިސް ކްލަބް އަތުން 4-0 އިން މޮޅުވިއިރު، ކްލަބް ވެމްކޯ އާއި އެމްޕީއެލް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ފަހަރުގެ އެއިޓީން ތާޓީ މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ އާއި ދެ ވަނަ ޓީމުން ފައިނަލުގައި ބައްދަލުކުރާނެ އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ،
ސިފައިންނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެމްކޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނައިގައި އޮތް އެމްޕީއެލްގެ އެއް ޕޮއިންޓް އޮތްއިރު، ފުލުގައި އޮތް ޕޮލިހަށް ޕޮއިންޓެއް ނުލިބެ އެވެ.
އިއްޔެގެ މެޗުގައި ޕޮލިސް ކޮޅަށް ސިފައިންގެ ލަނޑުތައް ޖެހީ، މަރިޔަމް ރިފާ ދެ ގޯލާއި މައީޝާ އަބްދުލް ހަންނާން އަދި އައިމިނަތު ޒާހިޔާ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ރިފާ އެވެ.
އެމްޕީއެލް އަށް އިއްޔެގެ މެޗުގައި، ފަރާ އަހުމަދު ލީޑުނަގައިދީފައިވަނިކޮށް ވެމްކޯ އަށް އެއްވަރުކޮށްދިނީ އައިމިނަތު ފަޒްލާ އެވެ.
އެއިޓީން ތާޓީގެ ލީގު ބުރުގެ މެޗުތައް ދެން އޮންނާނީ މާދަމާރޭ އެވެ. އެ ގޮތުން، ސިފައިންނާއި ވެމްކޯ ބައްދަލުކުރާއިރު، އެމްޕީއެލް ކުޅޭނީ ޕޮލިހާ އެވެ. މެޗުތައް ފަށާނީ، 20:15 ގަ އެވެ.
އެއިޓީން ތާޓީ: ސިފައިންނަށް ދެ ވަނަ މޮޅު، އެމްޕީއެލް އިން ވެމްކޯއާ އެއްވަރު އެއިޓީން ތާޓީ: ސިފައިންނަށް ދެ ވަނަ މޮޅު، އެމްޕީއެލް އިން ވެމްކޯއާ އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ