މާލީ ބަޔާންތަކުގެ ހަބަރުތަކާއެކު، މެންބަރު ނިޒާރު ގޮވާލީ މީޑިއާ ބިލު އަވަހަށް ފާސްކުރުމަށް! ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަނީ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވާ 5 ސިޔާސީ ޕާޓީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައި ވަކިވަކިން ހިއްސާ ކުރެއްވި ދެ ޕޯސްޓެއްގައި ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުއްވުމުގެ ކުރިން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން މިހާރު ދެމުންގެންދާ ފަހެއް އިންސައްތަ ދެގުނަކުރައްވައި، ދިހައެއް އިންސައްތައަށް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
ދެން ގެންނަވަން ނިންމެވި ބަދަލަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމެޓީގެ ބަޖެޓުން ދެއްވުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓްގެ ތެރެއިން ދެއްވާގޮތަށް ހަމަޖެއްސެވުމެވެ.
މި ބަދަލުތައް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެގޮތުން ފުރަތަމަ ފަހަރަށް ކޮމިޓީގެ މެމްބަރުންނަށް ރޯދަ އެލަވަންސްދޭން ނިންމަވާ އެލަވަންސް ދެއްވާފައިވަނީ މިއަހަރުގެ ރަމަޟާން މަހުގައެވެ. އަދި އެކޮމިޓީގެ މެމްބަރުންނަށް ލިބޭ އެލަވަންސަކީ ރަސްމީ މުސާރައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ކޮންމެ އަހަރަކަށް ދައުލަތުން ލަފާކުރާ އެއަހަރުގެ ބަޖެޓުގައި ހިމަނާ ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓުގެ ތަފްސީލް މާލީ ވުޒާރާއަށް ހުށައަޅަންޖެހެއެވެ. މިގޮތުން މާލީ ވުޒާރާއިން މިހާރުވަނީ ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތަފްސީލްތައް މާލީ ވުޒާރާއަށް މިމަހުގެ 18 ގެ ކުރިން ހިއްސާ ކުރުމަށް އަންގަވާފައެވެ.
މާލީ ވުޒާރާއިން މިހާރު ބަޖެޓުގެ މަސައްކަތް ކުރުމަށް އެކުލާވާލާފައިވާ ޓައިމްލައިންގައި ވާގޮތުން ޖުމްލަ ބަޖެޓަށް ރުހުން ހޯދުމަށް ވަޒީރުންގެ މަޖީލީހަށް 19 އޮކްޓޯބަރ އާއި 23 އޮކްޓޯބަރ ދެމެދު ހުށަހަޅާނެއެވެ. އަދި އޮކްޓޯބަރ 30 ގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ