ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް މޯލްޑިވްސް ޔޮޓް އެސޯސިއޭޝަނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިއަދު ކުރިއަށް ގެންގޮސްފި އެވެ.
ޔޮޓް އެސޯސިއޭޝަނުން ބުނި ގޮތުގައި މި ހަރަކާތަކީ ރާއްޖޭގެ ކަނޑުފަޅާއި އަތިރިމަތީގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.
މި ސާފުކުރުމުގެ ކެމްޕޭނުގައި ރާއްޖޭގައި ސަފާރީ އާއި ޔޮޓް އޮޕަރޭޓްކުރާ ގިނަ އަދަދެއްގެ ފަރާތްތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ގިނަ އަދަދެއްގެ ދަރުމަވެރިން ބައިވެރިވި އެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ގުދުރަތީ މާހައުލު ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމާއި، ކަނޑުތަކަށް އުކާލެވޭ ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރުން ކަމަށް ވެސް ޔޮޓް އެސޯސިއޭޝަނުން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަތިރިމަތިން ގިނަ އަދަދެއްގެ ޕްލާސްޓިކާއި، އެހެނިހެން ބާވަތްތަކުގެ ކުނި މިއަދުގެ ހަރަކާތުގައި ނެގި އެވެ.
މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވި އުޅަނދުފަހަރުގެ ތެރޭގައި ރިލެކްސް ދޯނި، މޯލްޑިވިއާނާ، އޯޝަން ޕާލް، ނޯތު ސެވަން، ސެރައި، ފްލޮރިއާނާ، ފިނޮޅު، ސަޗިކާ، ޒެޑް ކުރޫޒާ، ނިއޯ ކުރޫޒާ، މައިނާ، މެދާ، އެޓޯލް ވިލާ، ސަަަދަން ކްރޮސް އަދި ޑްރީމް ކެޗާ ހިމެނެއެވެ.
ކޯސްޓް ގާޑުގެ ފަރާތުންވެސް މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށް ޔޮޓް އެސޯސިއޭޝަނުން ބުންޏެވެ.
ޔޮޓް އެސޯސިއޭޝަނުން ހުޅުމާލޭ ފޭސް 2 ގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ