ސިއްހީ ހާލުކޮޅު ގޯސްވެފައިވެ ޖަލުގައި ފަރުވާ ދެމުންގެންދާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ފުރިހަމަ ފަރުވާ ނުދޭތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަން ކުށްވެރިކުރައްވައިފިއެވެ.
ގާސިމް ބްރާސްފަތި ދުވަހުގެރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ސަރުކާރުން ހިންގާ އެންމެހާ އަނިޔާވެރި އަމަލުތައް ދެފުންފެންނަ އިންސާފުވެރި ގޮތަކަށް ތަހުގީގު ކޮށްދިނުމަށް މުއައްސަސާތަކަށް ގޮވާލައްވާ ކަމުގައެވެ.
މީގެ އިތުރުން ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވެގެން ދާއިރު ފުރިހަމަ ފަރުވާ ނުދިނުން ކުށްވެރިކުރައްވާކަމަށް ގާސިމް ވިދާޅު ވެފައި ވެއެވެ.
ރައީސް މައުމޫނުގެ އާލާސްކަންފުޅު ބޮޑުވިކަން އެނގުނީ މިދިޔަ އީދު ދުވަހުއެވެ. އަދި އެދުވަހުން ފެށިގެން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ރައީސް މައުމޫނަށް ފަރުވާދެމުން ދާއިރު މިއަދުގެ ވަގުތެއްގައި ރައީސް މައުމޫނުވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.
ނަމަވެސް ރައީސް މައުމޫނަށް ފަރުވާދެމުން ގެންދަނީ ކޮންކަމަކާއި ގުޅޭ އާލާސްކަންފުޅެއްގައިކަމެއް ސާފުވެފައެއް ނުވެއެވެ.
ރައީސް މައުމޫނަށް ފުރިހަމަ ފަރުވާ ނުދޭތީ ގާސިމް އެކަން ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ