ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަރަށް ސާބިތުކަމާއެކު އެބަހުންނެވި ކަމަށް، ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ، "ފާރިސް ގެއްލިއްޖެ. ކޯލިޝަން ކަރުތާފެނަށް" މި ސުރުހީގެދަށުން "އަވަސް" ގައި ޝާއިއުކުރި ލިއުމެއް މީހަކު ޓްވީޓު ކުރުމާއި ގުޅިގެން އެ ޓްވީޓަށް ރައްދުދެއްވަމުން ނެވެ.
ގުޅިފައިވާ ކޯލިޝަންގެ ވެރިކަމަށް 100 ދުވަސް ވެސް ނުވަނީސް ކޯލިޝަންގެ ތެރޭގައި ދެބަސްވުން ބޮޑުވެ، ކޯލިޝަން ރޫޅެން ފަށާފައިވާކަމަށް ދަނީ ވާހަކަދެކެވެމުންނެވެ.
ޚާއްސަކޮށް މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާއިރު، ޕާޓީތަކުން މަޖިލީހިގައި ވާދަކުރާނެ ގޮތަކާއިމެދުވެސް ވަނީ ޚިޔާލުތަފާތުވެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގެ ތެރޭގައި ހިނގައިދިއަ ކަންކަމާއި އަދި ޚާއްސަކޮށް މަޖިލީހުގެ 12 މެންބަރުންގެ މައްސަލައިގައި އެ މެންބަރުންނަށް އިންސާދު ހޯދަދިނުމަށް ޕާޓީތަކުން ފެށި މަސައްކަތުގައި އިސްދައުރެއް ފާރިސް އަދާކުރެއްވި އެވެ. ޚާއްސަކޮށް ޕާޓީތަކުގެ ކޯލިޝަން ގެނައުމަށްވެސް ފާރިޝް އިސްވެ ހުންނަވައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
ނަމަވެސް ރިޔާސީ އިންތިޚާބަށްފަހު ސިޔާސީ ކަންކަމުގައި ފާރިސް ފެންނަމުން ނުދާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރަށް މަޖިލިސް އިންތިޚާބުގައި ވާދަކުރުމާއި މެދު އިއްތިހާދަށް އެއްބަސްވެވޭނެ ގޮތެއް ބެލުމަށް ލީޑަރުންގެ މެދުގައި ދާދިފަހުން ދެތިން ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުންތަކުންވެސް ފާރިސް ފެނިގެން ގޮސްފައެއްނުވެ އެވެ.
ދިއްގަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ފާރިސް މައުމޫންގެ އަޑު ފަނޑުވެފައިވައިރު، ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވާަދަކުރައްވާނެކަން އަދި ނޫންކަންވެސް ހާމަކުރައްވާފައެއް ނުވެއެވެ. އެއާއި އެކު ބައެއް އާއްމުންދަނީ ފާރިސް ހުންނެވީ ކޮންގޮތަކަށްތޯ އާއި، ފާރިސް ސިޔާސީ މައިދާނުން ފެއަށް ޖެހިވަޑައިގެންނެވީތޯ ސުވާލު އުފައްދަމުންނެވެ.
ފާރިސް ހުންނެވީ ސާބިތުކަމާއެކު، އިންޝާﷲ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ