ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ގޭ ބަންދަށް ބަދަލު ކުރަން ކަރެކްޝަންގެ މެޑިކަލް ބޯޑުން ދިން ލަފައާއި އެއްގޮތަށް ގޭ ބަންދަށް ބަދަލުކޮށް ނުދީގެން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކަރެކްޝަނަށް ވަޑައިގެން ސުވާލު ކުރައްވައިފިއެވެ.
ކަރެކްޝަނަލް ސާވިސްއަށް މެޑަމް ނަސްރީނާ ވަޑައިގެންފައިވަނީ 9:30 ހާއިރުއެވެ. ނަސްރީނާގެ އަރިހުގައި ދަރިކަނބަލުން ޔުމްނާ މައުމޫނާއި ގާނޫނީ ވަކީލު މުހައްމަދު ފައިސަލު ވެސް ވަޑައިގެންނެވިއެވެ.
ނަސްރީނާ ކަރެކްޝަނަށް ވަޑައިގެން އެތަނުގެ ވެރިންނާއި ބައްދަލު ކުރަން ބޭނުންވާ ކަމަށް ދެންނެވުމުން އެހެން މީހުން ވެސް އަމަލު ކުރަމުންދާ ގޮތަށް ބައްދަލުވާން އެދުމަށް ފޯމެއް ފުރުވާފައިވެއެވެ. އެއަށްފަހު ނަސްރީނާއާއި ކަރެކްޝަނުގެ މާލޭ އޮފީހުގައި ތިއްބެވި ބައެއް ބޭފުޅުން ބައްދަލު ކުރެއްވިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ފައިސަލު ވިދާޅުވީ ކަރެކްޝަންގެ ބޭފުޅުން ބައްދަލު ކުރުމުން މެޑިކަލް ބޯޑުގެ ލަފައާއި އެއްގޮތަށް ރައީސް މައުމޫން ގޭ ބަންދަށް ބަދަލު ނުކޮށްގެން އުޅެނީ ކީއްވެގެންތޯ ސުވާލު ކުރި ކަމަށެވެ.
"އެއް ކަމަށް މެޑިކަލް ބޯޑުގެ އެފަދަ ލަފައެއް އޮތްކަން ސާފުވި. އަޅުގަނޑުމެން އެދުނިން ލިއުން ހޯދަން،. އެބޭފުޅުން ދެންނެވި އެފަދަ ޑޮކިއުމެންޓުތައް ދޫނުކުރާ ކަމަށް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރައީސް މައުމޫން ގޭ ބަންދަށް ބަދަލު ނުކޮށްގެނ ްއުލެނީ ކީއްވެގެންތޯ ކުރި ސުވާލަށް ކަރެކްޝަނުން ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. "އެބޭފުޅުން އެ ސުވާލަށް ވަކި ޖަވާބެއް ނުދެއްވާ،" ފައިސަލް ވިދާޅުވިއެވެ.
މައުމޫން ގެއަށް ބަދަލުކޮށް ނުދިނުމުން ނަސްރީނާގެ ޝަކުވާތައް ކަރެކްޝަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ