މުޅި ގައުމު ސުޕްރީމް ކޯޓުގެ ޙުކުމުގެ އިންތިޒާރުގައި

ޙުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ބާއްވާ ޝަރީޢަތުގެ މަޖިލިސް ފަށާނީ މިއަދު 13:00 ގައެވެ. މިއަދު އޮންނަ އަޑުއެހުމަށް މިހާރު ވަނީ މީހުން ވައްދާފައެވެ. މިއަދުގެ އަޑުއެހުމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ކަމަށްވާ ހަބީބް އާއި އަމްޖަދު ވެސް ވަޑައިގެންނެވިއެވެ. މީގެ ކުރިން މިމައްސަލައިގެ އެއްވެސް އަޑުއެހުމަށް އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެންބަރަކު ވަޑައެއް ނުގަންނަވައެވެ.
ޝަރީޢަތް ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވާއިރު ދެޕާޓީގެ ވެސް މަދު އަދަދެއްގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީ އެބަތިއްބެވެ. އެމްޑީޕީ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީ އޮންނަ ގޯޅި ތެރޭގައި ތިބިއިރު ޕީޕީއެމް ސަޕޯޓަރުން ތިބީ އެސްޓީއޯ ސްޕަމާޓް ކައިރީގައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން 13 ކަމަކަށް ސުޕްރީމް ކޯޓުގައި އެދިފައި ވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ